Last Updated: May 20, 17:59
Tuesday, May 20, 2025
ކުޅިވަރު

ގޯލްޑެން ފުޓްސަލްގެ ފައިނަލަށް ފޭދޫ

ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ފައިނަލަށް ފޭދޫ އާއި ތ. ތިމަރަފުށި ދަތުރުކޮށްފި އެވެ.

ޖުމްލަ 50 ޓީމް ވާދަ ކުރާ މި މުބާރާތުގެ ފައިނަލުގެ ޖާގައެއް ފޭދޫ ހޯދީ ރޭ ކުޅުނު ސެމީ ފައިނަލު ފުރަތަމަ މެޗުގައި ހެންވޭރު އަތުން 3-2 މޮޅުވެގެންނެވެ.

މެޗުގައި ފޭދޫގެ ލަނޑުތައް އެޓީމަށް ކާމިޔާބުކޮށް ދިނީ އާރިޝް އާއި ދެ ގޯލް ކާމިޔާބު ކުރި އިބްރާހީމް މަހުދީ އެވެ.

މި މެޗުގައި ހެންވޭރު ޓީމުން ކާމިޔާބު ކުރި ދެގޯލް ޖެހީ ޝިމްހާނު އާއި ޝިފާހެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ފޭދޫ ޓީމުގެ މަހުދީ އެވެ.

fhjg

މީގެ އިތުރުން މި މުބާރާތުގެ ފައިނަލުގެ ފަހު ޖާގަ ތިމަރަފުށި ހޯދީ ރޭ ކުޅުނު ސެމީ ފައިނަލުގެ ދެވަނަ މެޗުގައި ގދ. މަޑަވެލި އަތުން 6-0 މޮޅުވެގެންނެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ތިމަރަފުށި ޓީމުގެ ހަމްދާނެވެ.

ގޯލްޑެން ފުޓްސަލް އެސޯސިއޭޝަން ބާއްވާ މުބާރާތުގެ ޗެމްޕިއަން ޓީމަށް 50،000ރ. އަދި ރަނައަޕް ޓީމަށް 15،000ރ. ދިނުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ ބުރާސްފަތު ދުވަހުގެ ހަވީރު އެވެ.