Last Updated: April 19, 11:14
Friday, April 19, 2024
ރިޕޯޓް

އަފިރިންގެ ވެށި ހިމާޔަތް ކެރާއް މަތިން ބާކިއެ ނިއޭޝިޔެ!

މޫސުމަށް އޭ ނޭދެވޭ އަސަރަތައް އެންމެ ބޮނޑަކޮށް ކެރާ އެއް ގައުމަކަށް ދިވެހި ރާއްދެ ވެފެއި ވޭ ކަން ނިއެނގޭ ކުދު ކޫދަކަށް އަފިރިންގެ އެތެރަކި ނެތާ. ރާއްދޭނަސް މި އަސަރަ އެންމެ ބޮނޑަކޮށް ކެރަނީ އަފިރިންގެ މި އައްޑޫއަށް. ހާއްސަކޮށް ރަށް ގިރުމުގެ މައްސަލަ ދިމާނިވޭ އެއްކެމި ރަށަކަސް މި ބޮނޑަ އަތެޅެ ނެތް.

މީ އަފިންނަށް އައު ވާހަކާއް ނުން. އަފިންނަށް ނިއެނގޭ ވާހަކާއް ނުން. ސުވާލާކީ ކިޔަންވީ ތައު އަފިރިން އަޅާ ނިލާއި ދޫކޮށްލާއި ދެ އަށް އުރަގެން މިތިބެނީ؟

ހިތަދޫ ކޯއްޓޭ ކަވަރިން ކަޅިބިތަށް އެރިގެން ހިނގާއް ފަށަގަށްމެއި ފެނޭހެއް އަފިރިންގެ ރަށް ގިރިގެން ގޮސް އޮއް މިންވަރަ. ކަޅިބިތަށް އެރިފެއި ހިއް މުސްކުޅި ބޭބޭ އަކާއެކުހުން އިހު މި ކަޅިބިއް އޮންނެށީ ކެހެނަކަށްތައު އެހުއި ފެހޭ އެ ބޭބޭ ލޮލުން އޮހޮރޭށީ ކަރުނަ.

އުދަ އަރަގަށް ފެހޭ، ނުންފެހޭ ތަންކެޑަށް ބޮނޑަ ރަޅަ ނަގާ ދުވަސްކެޑަށް ބާފެހޭ ކަޅިބިތެ ކަވަރިއެ ތިބޭ ގޭތަކި ވޭނޑޭ މީހުންނަށް ބިރުން ނިދާއް ތިބެވެނީ އަށް ނުން. ނިދާއް ތިބި ވޭލެއި ލޮނަ ވެދަގަށް ފެހޭ ވަންނެނެއި ކޮން ވަލަކަށް ތައު އޭ އެވެރިންގެ ހިތެ ހަރަލާފައި އޮންނެ އެއްތާ!

ރަށް ގިރުން މެހެއި ބޮނޑަ ކަމަކަށް ވެފެއި އޮއް ކޯ މިކަމާއި މެދެ ރަށި ދެން ތިބި މީހުން ހިތަށް ހަމަ ވައްޖަހުތާއު އަސް ނިއަރަނީ އާ؟ ނުން ފެހޭ ހަމަ ކެރާނެ އެއް ކަމަސް ނެތީ އާ؟ ކެރާނެ ކަން ނެތިގެނަށްނުން މިހިނގަނީ. ކެރާނެ ކަންކަން ތެތިބި. ސުވާލާކީ ކެރާއް ތިބީ ކޮން ބާކިން ތައު؟

ކޮން ކަމަށް ވޭނެއި އަފިންނަށް؟
1.ކުނި ނިއެޑުން
ގޮނޑޮދޮށަށް ލިބިފެއި އޮއް އެންމެ ބޮނޑަ އުނި ކަމަކީ ޕުލާސްޓިކާއި ރަބަރަ އަދި ދެނަސް ތިބިފެހޭ ތިބި ކޫނަށް އެތާން އެޑުން. މީ އަސް މީގެ ހިށި ނިރައްކޯތެރި ކަމާއި ހަޑި ހުތުރުކަން ނިއެނގި ކެރާ ކަމަށް ނުން. ވެށި ހިމާޔަތްކެރާ އަފިރިން އިސްވެ ނުކުމެ، އަފިންނަށް ވެވޭނެ އެންމެ ފެރެތުމަ ކަމަކީ ކަޅިބިތަށް ކުނި އެއްލުން ހުއްޓުން! ގައި ވަރަ ހިށި 15 ފިރިހެނުން ނުކުމެ އެއްދުވަހި ގޮނޑޮދޮށް ސައުފު ކެޑެއަސް ހަމަ އެވެރިން އެބެގޭ ހޭލާއް ކުނި ކޮތަޅާ ނުންވީ ކުނި ބާލިދީ އެވެރިން ސައުފު ކެޑެ ތާން އެޑިމެއި ފުރެނީ ފޫ ނެއް ފާކަށް ފެން ކަން ދެނެގަންނަށް ތެބެ ޖެހެއި!

2.ގޮނޑޮދޮށުން ވެލި ނިނެގުން
ޒަމާނުއްސުރެ އަފިންނަކީ ކަޅިބިތުން ވެލި ނާގެން ރޯދާއް ގޭ މެދުވާތެ ވެލި ލަމުން އާ މީހާ. އޭގެ ގެއްލުން އެކަލަސް ހިށި، ބެނައިދޭނެ މީހަކާ ނެތުމަކީ އަފިރިންގެ އަމާއި ބައްޕާމެންގެ ކުށަށް ކަމަށް އަވަ ނިދެކެން. އެހެންފެހެނާސް އަދަކީ މިކަމަކީ ކެރާއް ހެއު ކަމަށް ނުން ކަން ނިއެނގޭ ބާކިން ވޭނޑޭ ދުނިޔޭއް ނުން. ގޮނޑޮދަށަށް ނަގާ ރަޅާ އާސް ގޮނޑޮދޮށުން ވެލި ކެޑަށް ބެނޑުއަގެން ގޮސް އެހެން ތާކަށް ލީމެއި އެތަންކެޑާ ފޫބައްދާއް އޮންނެ ވެލި ކެޑާ އަފިރިން ނާގެން ގޮސް މެދުވާތައް އެޑިމެއި ދެން ވަންނެއް އޮތީ ކޮންތާކަށް؟

3.އަކިރި ނިނެގުން
ގޮނޑޮދޮށެ އޮންނެ އަކިރި ކެޑާކީ ވެލި ކެޑާގެ ބޮޑީ ގާޑު. އަފިރިން ގޭ އެޑާއް ޒަމާނުއްސުރެ އަކިރި ނާގެން ގޭ އެޑަގެން ވޭނޑެނަސް އަދަ އަފިންނަށް ހެލާއި ހެލަވެލި ލިބޭއް ތެބޮއް. ކޭ އަޑަ ކެއި ހެލާއި ހެލަވެލިން އެޑާ ގޭ މާ މުޅާއު އަސް. އެހެންމެއި އަފިރިންގެ ގޮނޑޮދޮށެ އޮންނެ އަކިރި ކެޑާއި ދޮންވެލި ކެޑާ ނެގުން ހުއްޓާއް ވެގެ ނުނީ؟ މީ ނަގަމުން ނަގަމުން ގޮސް ރަށް ގިރެމުންގޮސް މިތިބީ ހަދާނެ ގޮއް ހުސްވޭ ހިސާބަށް ގޮއްސެއި މެއި..

4.ކާބަން އެއި ވީވަރަކުން ދުރުވުން
ރަށް ގިރުމަށް ދިމާވޭ އެންމެ ބޮނޑަ ކަމަކީ ދުނިޔެ ހުނުވުން ނުވަތަ އެވެރިން ކޭ ގޮތުން 'ގްލޯބަލް ވާމިން'. މީ ޖައްވަށް އަފިރިން ދޫކެރާ ވެހަ ގޭސްތަކުން ދިމާވޭ ކަމަށް. އަފިންނަށް ފަރުދީގޮތުން ވޭއް އޮއް އެންމެ ބޮނޑަ އެއް ކަމަކީ ވީވަރަކުން ކާބަން ގެ ސަބަބުން ދޫވޭ ގޭސްތައް މަދަ ކެރުން. އޭސީއަސް 24 ގަޑިވޭލެއި ޖައްސަފެއި ބޭވުމުގެ ބަދަލި ބޭނުން ނިކެރާކޯ ނިއްވަފެއި ބޭވުން. ދިއްވާ މޮޓަރާސް ބޭނުން ނެއް ފިނި ބުރު ޖެހުން ދޫކޮށްލާއި ބޭކާރަ ގޮތެ ތެއު ނިއެނދުވުން.

ރަށް ގިރުމާއު ކޭފެއި އެއްތަކާއު ބެނާ ހޭލާއް އޭ ގުދުރަތީ ކަމަކާއު ބެނާނެ މީހާ ތިބޭށިއެ. ރަންގަޅަ. އޭ ގުދުރަތީ ކަމަށް. އެހެންފެހެނާސް ފަހަކަށް އާސް އެކަން ވެމުން އެނީ ސައިންސުވެރިން ބިރުން ފިއް ކެނޑޭހެއި އަވަހަށް. އޭ ދިމާވެގެން ހިނގާ މައްސަލާކީ. އެކަން ހުއްޓުމަށްނެތި ކުރިއަށް އޭ ފެހޭ ކުރިނަސް ބެނިގޮތަށް އަފިރިންގެ މި ކުދުކުދު ރާއްދެއި ވޭނޑޭ މީހުން ވެގެން އޭނެއި އުދަ އަރާކޯ ގޭތެރެ ތަނބިކަށިއެއި ހަމާއް ފެނެ އެތެރެ ވޭނޑޭ މީހުންނަށް.

މީ އަފިންނަށް ނިހުއްޓުވޭނެ ކަމަށް ނުން. އެހެން ފެހެނާސް ދެއަށް އުރަގެން ތިބިއަސް މަތިން ބާކިއެ ނިއޭޝިޔެ އެކަން ހުއްޓުވާކަށް. ފަރުދީ ޒިންމާ ކޮންމެ ރައްޔިތަކަށް އަދާ ކެރުމަކި އަފިރިންގެ ކުރިމަގަށް މުހިއްމު ކަމަށް!