Last Updated: April 24, 21:50
Wednesday, April 24, 2024
ޓެކްނޮލޮޖީ

ސްމާޓުފޯނުގެ ކެމެރާގެ ފޯކަސް ގެއްލުމުން ހަދާނީ ކިހިނެއް؟

ބަވަނަ ވަމުން އަންނަ ދުނިޔޭގައި އަހަރުމެން ގެންގުޅޭ ސްމާޓް ފޯނަކީ ދިރިއުޅުމެއް އެއްބައެވެ. ދުވަސްވީ ރައްޓެއްސަކާ ދިމާވުމުން ސެލްފީ އެއް ނަގައި އިންސްޓަގްރާމް ކޮށްލުމަކީ މިއަދު ދިވެހިންގެ އާދައެކެވެ.

ސްމާޓްފޯން ގެންގުޅޭ ފަރާތްތަކަށް ވަރަށް ގިނައިން ދިމާވާ ކަމެއްގެ ގޮތުގައި ކެމެރާގެ ފޯކަސް ގެއްލުން ވަނީ ވެފައެވެ. މާ އުސް ނޫން ތަނަކުން ފޯނު ވެއްޓުނަސް ނުވަތަ ނިދީގައި ފޯނު ގައި ދަށުވެގެންގޮސް ފޯނުގެ ސްކީރަނަށް ގެއްލުމެއް ނުވެ ކެމެރާގެ ފޯކަސް ގެއްލޭތަން ދިމާވެއެވެ.

ބައެއް މީހުން މިފަދަ ހާލަތެއް މެދުވެރިވުމުން ފޯނު މަތިން ފޫހިވެ އާ ފޯނެއް ގަންނަން ބޭނުންވެއެވެ. ނަމަވެސް މިއީ މުޅިން ފައިދާހުރި ކަމެއް ނޫނެވެ. އެއީ މިއީ ހައްލުވާނެ ކަމަކަށް ވާތީއެވެ.

ފޯނު ކެމެރާ އަދި ލެންސަކީ މިއަދު ވަކިން ގަނެލަން ފަސޭހަ އެއްޗެކެވެ. ފޯނުގެ މަދަބޯޑް، ޑިސްޕްލޭ އަދި އެހެނިހެންވެސް އެތެރޭގެ ބައިތައް ބަދަލުކޮށްލެވޭ ފަދައިން ކެމެރާވެސް ކުޑަކުޑަ އަގަކަށް ބަދަލުކޮށްލެވިދާނެއެވެ.

ނަމަވެސް ބަދަލުކުރުމުގެ ކުރިން ފޯނު ވަނީ އަޕްޑޭޓު ކުރެވިފައިތޯއާއި އެންމެ ފަހުގެ ސިސްޓަމް އަޕްޑޭޓްސް އިންސްޓޯލް ކޮށްފައި ހުރިތޯ ބަލަން ވާނެއެވެ. އަދި ފޯނުގައި ނަގާފައިވާ ފޮޓޯތަކާއި ވީޑިއޯތައް ގޫގުލް ޑްރައިވް ނުވަތަ ކްލައުޑް ފަދަ އޮންލައިން ސްޓޯރެޖްއަކަށް ބެކްއަޕް ކޮށްލުން ބުއްދިވެރިއެވެ.

ކެމެރާ ބަދަލުކުރުމުގެ ކުރިން ލެންސު ހަޑިވެފައި ހުރިތޯ ބަލަންވާނެއެވެ. އައިފޯން ބޭނުން ކުރައްވާ ބޭފުޅުން އެޕަލްގެ ކެމެރާ ރިޕްލޭސްމެންޓް ޕްރޮގްރާމް ބައްލަވައި ބަދަލުކުރުމަކީ ބުއްދިވެރިކަމެކެވެ. އެއީ އެޕަލް އައިފޯނުތަކަކީ އެސެމްބްލް ކުރުމަށް އުނދަގޫ ފޯނުތަކަށް ވާތީއެވެ.

ކެމެރާ ހަލާކުވެފައިވާ ކަމަށް ފެންނަ ކަމަށްވާނަމަ ބުއްދިވެރި ގޮތަކީ އިތުރު ބަދަލެއް ނުގެނެސް ރީއެސެމްބްލް ކުރުމަށް ފަހު ފޯނު ހަދާ ތަނަކާއި ހަވާލުކުރުމެވެ. އިތުރު މައްސަލައެއް ދިމާވެއްޖެނަމަ އާފޯނެއް ގަންނަ އަގަށްވުރެ ބޮޑު އަގެއް ފޯނު މަރާމާތު ކުރުމަށް ހިނގައިދާނެއެވެ.