Last Updated: April 29, 00:08
Sunday, April 28, 2024
ޚަބަރު

ބައެއް ހިސާބުތަކަށް ކަރަންޓު ލިބެން ފަށައިފި، މުޅި މާލެއަށް ފެން ދީފި

މާލޭގެ މަލަމަތި. ފޮޓޯ: ނައްޓު

ވެރިރަށް މާލެއިން ކަރަންޓު ކެނޑިއްޖެއެވެ.

މާލެއިން ކަރަންޓު ކެނޑިފައިވަނީ މެންދުރު 13:15 ހާއިރުއެވެ. ކަރަންޓް ކެނޑުމާއި ގުޅިގެން ކަރަންޓް ފޯރުކޮށްދެވޭތޯ ސްޓެލްކޯއިން ދަނީ މަަސައްކަތް ކުރަމުންނެވެ.

ކަރަންޓު ކެނޑުމާއި ގުޅިގެން މާލެއިން ފެނުގެ ހިދްމަތްވެސް ވަނީ ކެޑިފައެވެ. އަދި ސިއްހީ ހިދްމަތްތަކަށްވެސް ވަނީ ބުރޫ އަރާފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ކަރަންޓް ދިޔަ ވަގުތު އެމްޑަބްލިއުއެސްސީ ސަރަހައްދުގައި ހުރި ސްޓެލްކޯގެ ޓްރާންސްފޯމަރުން ބާރު އަޑެއް ވަނީ އިވިފައެވެ. ނަމަވެސް އެއީ ކިހިނެއްވެގެން ގޮވި އަޑެއްކަން އަދި ސާފެއް ނުވެއެވެ.

މާލޭގެ ބައެއް ސަރަހައްދުތަކަށް މިހާރު ކަރަންޓު ލިބެމުންދާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ. ބާޒާރުމަތީ ބައެއް ފިހާރަތަކާއި ވެލާނާގެ ސަރަހައްދުގެ ބައެއް ގެތަކަށް ކަރަންޓު ލިބިފައިވާއިރު މުޅި މާލެއަށް މިހާރު ފެނުގެ ޚިދުމަތް ލިބޭނެ ކަމަށް އެމްޑަބްލިއުއެސްސީ އިން ބުނެފައިވެއެވެ.

ތަފްސީލު އަންނަނީ..