Last Updated: June 9, 07:00
Friday, June 9, 2023
ޓެކްނޮލޮޖީ

ޑިޒްނީއިން ވަޔަރލެސްކޮށް ޗާޖް ކުރެވޭ ކޮޓަރިތައް އުފައްދަނީ

ގިނަ ބަޔެއްގެ އެންމެ ހިތްގައިމު މަންޒިލަކަށްވެފައިވާ އެމެރިކާގެ ޑިޒްނީލޭންޑް އިން އެތަނުގެ ތީމް ޕާކުތަކަށް ދަތުރުކުރާ މީހުން ހައިރާން ކުރުވާފަދަ ވަޔަރލެސް ކޮށް ޗާޖުކުރެވޭ ޓެކްނޮލޮޖީއެއް ތަޢާރަފް ކޮށްފިއެވެ.

ސްމާޓުފޯނުތައް މީހުންގެ ހަޔާތާއި ގުޅިފައިވާ މިޒަމާނުގައި މިފަދަ ޓެކްނޮލޮޮޖީއަކީ ގިނައިރު ފޯނުން ފޮޓޯއާއި ވީޑިއޯ ނަގުމުގައި ހޭދަކޮށް ބެޓެރީ ޗާޖު ހުސްވާ ފަރާތްތަކަށް ނުހަނު ބޭނުންތެރި ޓެކްނޮލޮޖީއެއްކަން ކަށަވަރެވެ.

ޑިޒްނީ ރިސާޗްއިން ބުނެފައިވާގޮތުގައި މިދިޔަ ހަފްތާތެރޭ އެމީހުންވަނީ ޕްރޮޓޯޓައިޕް ލިވިންގް ރޫމްއެއް ހަދާފައެވެ. މިކޮޓަރިއަކީ އަދައިގެ ކޮޓަރިއެއްވެސް ނޫނެވެ. މިކޮޓަރިޔަށް މިހާރުވަނަސް 10 އެއްޗެއްސަށް ވަޔަރލެސްކޮށް ޕަވަރ ލިބޭނެއެވެ. އޭގެތެރޭގައި ސްމާޓް ފޯން، ފަންކާ، ބޮކީ އަދި ކުދަކުދިން ކޫޅެން ގެންގުޅޭ ރިމޯޓް ކޮންޓްރޯލް ކާރުތަށް ހިމެނެއެވެ. އަދި އެމީހުން ބުނެފައިވަނީ އަދި އިތުރު ޑިވައިސްތަކައް ވަޔަރލެސް ޕަވަރ ލިބޭގޮތް މެދުވެރިކުރާނެކަމަށެވެ.

ހަމަގައިމުވެސް އަހަރެމެންގެ ތެރޭގައި ގިނަބަޔަކީ ޑިޒްނީގެ ޖާދޫގައި ޖެހިފައި ތިބޭ ބަޔެކެވެ. މިއީ ޑިޒްނީއިން ޓެކްނޮލޮޖީއަށް ލޯބިކުރާ މީހުންނަށް ދެއްކި ޖާދޫއެއްކަމަށް ގަބޫލުކުރެވެއެވެ.