Last Updated: May 17, 10:57
Friday, May 17, 2024
ކުޅިވަރު

ރޯލަ ސްކޭޓާއި ސްކޭޓް ބޯޑިން ޕްރޮގްރާމެއް އައްޑޫގައި

އައްޑޫގެ ކުޑަކުދިންނަށް ހާއްސަކޮށްގެން ރޯލަ ސްކޭޓިން އާއި ސްކޭޓް ބޯޑިން ދަސްކޮށް ދިނުމުގެ ޕްރޮގްރާމެއް އައްޑޫގައި ބާއްވަން ނިންމައިފި އެވެ.

ހިލޭ ކުރިއަށް ގެންދާ މި ޕްރޮގްރާމް އިންތިޒާމު ކުރަނީ ރޯވިން އެސޯސިއޭޝަންގެ ރައީސް އަހުމަދު ހަބީބެވެ.

އޭނާ މިއަދު "އައްޑޫ ލައިވް" އަށް ވިދާޅުވީ ސްކޭޓިން އާއި ސްކޭޓް ބޯޑިން ދަސްކޮށް ދިނުމުގެ ޕްރޮގްރާމް ކުރިއަށް ރޯދައިގެ ކުރިން ފެށޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"މިކަމުގެ ތަމްރީނާއި ތަޖުރިބާ ލިބިފައިވާ ޓީމެއްގެ އެހީގައި މި ޕްރޮގްރާމް މި ޖައްސަނީ. މީގެ ބޭނުމަކީ ކުޑަކުދިންނަށް މުނިފޫހި ފިލުވަން ކުޅެވިދާނެ ކުޅިވަރުތަކެއް ދަސްކޮށް ދިނުން،" ހަބީބް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޕްރޮގްރާމްގައި އުމުރުން 10 އަހަރުން މަތީގެ ކުދިންނަށް ބައިވެރިވެވޭނެ ކަމަށެވެ.

ރޯލަ ސްކޭޓިން އާއި ސްކޭޓް ބޯޑިން ދަސްކޮށް ދިނުމުގެ ޕްރޮގްރާމް ބާއްވަން ހަމަޖައްސާފައި ވަނީ ހިތަދޫގަ އެވެ.

"އައްޑޫގެ ގުޅިފައިވާ ހުރިހާ ރަށެއްގެ ކުދިންނަށް މި ފުރުސަތު މިއޮތީ ހުޅުވާލެވިފައި. މީގެ އެލްރޯލްމަންޓަށް ބަލާފައި، ވަކިވަކި ރަށްރަށުން ގިނަ ކުދިންތަކެއް ތިބި ކަމަށް ވަންޏާ އެ ރަށެއްގައި ޕްރޮގްރާމް ޖައްސާނަން."

މީގައި ބައިވެރިވާން ބޭނުންވާ ކުދިންގެ ބެލެނިވެރިންގެ ހަބީބްގެ ފޭސްބުކަށް އިމްބޮކްސްކޮށްލުމުން ނުވަތަ އޭނާގެ ނަމްބަރު 9690432 އަށް ގުޅައިގެން ނަން ނޯޓްކޮށްލެވޭނެ އެވެ.