Last Updated: April 19, 21:01
Friday, April 19, 2024
ރިޕޯޓް

ރޯދަ ރަހަ: މުރަނގަތޮޅި މަސްހުނި

* ބޭނުންވާ ތަކެތި:

400 ގްރާމް މުރަނގަތޮޅި (ސްޓީމްކޮށް، ތޮޅީގެ އެތެރޭގައި ބައި ގާނައި ނަގާފައި)
1/2 ޖޯޑް ހުނި
1/2 ޖޯޑް ދަޅު މަސް
ފިޔާ ފަޅިއެއްް (ކުދިކޮށް ކޮށާފައި)
1 ގިތެޔޮ މިރުސް (ކުދިކޮށް ކޮށާފައި)
ހިކަނދިފަތްކޮޅެއް (ކުދިކޮށް ކޮށާފައި)
1/2 ސައިސަމުސާ ލުނބޯ ހުތް
ލޮނު

* ތައްޔާރު ކުރާނެ ގޮތް:

ފިޔާ، މިރުސް، ހިކަނދިފަތް އަދި ލުނބޯހުތް އެއްްކޮށް މޮޑެލުމަށް ފަހު ހުންޏާއި މަސް އަޅާފައި ރަނގަޅަށް އެއްްކޮށްލާށެވެ. ރަނގަޅަށް އެއްކުރުމަށް ފަހު ގާނާފައި ހުރި މުރަނގަތޮޅި އަޅާފައި އަނެއްކާ ވެސް ރަނގަޅަށް އެއްކޮށްފައި ލޮނު ހެޔޮވަރުކޮށްލާށެވެ.

ނޯޓް: މިއީ ފޭސްބުކް "ރުމާ" ޕޭޖްގައި ހިމެނޭ ރެސިޕީއެކެވެ.