Last Updated: March 29, 17:30
Friday, March 29, 2024
ޚަބަރު

ރޯދަ ރަހަ: ތޮރާ ހިކި ރިިހަ

* ބޭނުންވާ ތަަކެތި:

500 ގްރާމު ތޮރާ (މަށާފައި ވައްކޮށް ކޮށާފައި)

ބައި ޖޯޑު ހުނި

3 ހިކިމިރުސް

1 ފިޔާ (ބޮޑު)

ބައި ސައިސަމުސާ ދިރި

16 ފުއް އަސޭމިރުސް

2 ލޮނުމެދު

ބައި އިންޗި އިނގުރު

50 ގުރާމު ވަޅޯމަސް (ބޯކޮށް ކޮށާފައި)

2 މޭޒުމަތީސަމުސާ ތެޔޮ

ރީނދޫ

ލޮނު

ރާނބާފަތް

ހިކަނދިފަތް

* ތައްޔާރު ކުރާނެ ގޮތް:

ހިކިމިރުސް، ފިޔާފަޅިއެއް، ދިރި، އަސޭމިރުސް، ލޮނުމެދު، އިނގުރު، ރީނދޫ، ހިކަނދިފަތް އަދި ހުނި އެއްކޮށްފައި، ހިމުންކޮށް ފުނޑާލާށެވެ. އަނެއް ފިޔާފަޅި މީރުކޮށްލާފައި، ފިޔާކޮޅު މޯޅިވީމައި ފުނޑި ހަވާދުކޮޅު އޭގެ ތެރެއަށް އަޅާލުމަށް ފަހު، ތޮރާ، ވަޅޯމަސް، ރާނބާފަތް އަޅާފައި، ލޮނު ލައިގެން ކައްކާށެވެ.

ކައްކާނީ މަޑު ގިނީގައި، މަތި ޖަހައިގެން ތޮރާކޮޅު ރޯ ފިލަންދެންނެވެ. ކައްކާ އިރު ރަނގަޅަށް އެއްކުރަން ވާނެ އެވެ. ތޮރާކޮޅު ރޯފިލީމައި ލޮނު ހެޔޮވަރުކޮށްލާށެވެ. މި ރިހައަކަށް ފެނެއް ނާޅާނެ އެވެ. ހުންނާނީ ހިކިކޮށެވެ.

ނޯޓް: މިއީ ފޭސްބުކް "ރުމާ" ޕޭޖްގައި ހިމެނޭ ރެސިޕީއެކެވެ.