Last Updated: April 27, 06:22
Saturday, April 27, 2024
ޚަބަރު

"އަފިރިންގެ ރޯދަ ކެނޑުން" އީކްއޭޓަ ވިލެޖްގައި

ރޯދަ ވީއްލަން ގަމުގެ އީކްއޭޓަ ވިލެޖުން "އަފިރިންގެ ރޯދަ ކެނޑުން" ގެ ނަމުގައި ހާއްސަ ތިން މެނޫއެއް ތައާރަފުކޮށްފި އެވެ.

އެ ތަނުގެ ތިން މެނޫ އަށް ބަލާ އިރު ހިމެނެނީ ބޮލަކަށް 185ރ، 200ރ. އަދި 225ރ. ޗާޖް ކުރާ މެނޫތަކެވެ.

އީކްއޭޓަ ވިލެޖުން ބުނީ ރޯދަ ވީއްލުމަށް އޯޑަރު ނެގޭނީ މަދުވެގެން 10 މީހުން ހިމެނޭ ގްރޫޕަކަށް ކަމަށެވެ. އަދި އެއް ދުވަސް ކުރިން އޯޑަރު ދިނުމަށް ފަހު، އެޑްވާންސްކޮށް 50 ޕަސަންޓް ދައްކަން ވެސް ޖެހެ އެވެ.

މީގެ އިތުރުން 5-12 އަހަރާ ދެމެދުގެ ކުދިންނަށް 50 ޕަސަންޓްގެ ޑިސްކައުންޓެއްދޭ އިރު 4 އަހަރުން ދަށުގެ ކުދިންނަށް އެއްވެސް އަގެއް ނުނަގާނެ އެވެ.

އީކްއޭޓަގެ ރޯދަ ވިއްލުންތަކަށް އޯޑަރު ދޭން ގުޅަން ޖެހެނީ 6899000 އަށެވެ.