ޚަބަރު

ސައުދީ ބިލިއަނަރު އަދުނާން ޚަޝްހޮއްޤީ އަވަހާރަވެއްޖެ

ހަތިޔާރުގެ ވިޔަފާރި ކުރާ ސައުދި އަރަބިއާގެ ބިލިއަނަރެއް ކަމަށްވާ އަދްނާން ޚަޝޮއްޤީ އަވަހާރަވެއްޖެ އެވެ.

އޭނާ އަވަހަރާވީ އުމުރުން 82 އަހަރުގައި އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަންގަ އެވެ. އޭނާގެ އާއިލާއިން ބުނާ ގޮތުގައި އޭނާ މަރުވީ ޕާކިންސަންސް ބައްޔަށް ފަރުވާ ދެމުން ދަނިކޮށެވެ.

އަދުނާނަކީ 1970-1980 ގެއަހަރުތަކުގައި ބައިނަލްއަޤްވާމީ ގޮތުން ހަތިޔާރުގެ ވިޔަފާރިކޮށްގެން ދުނިޔޭގެ އެންމެ މުއްސަނދި މީހުންގެ ލިސްޓަށް އަރާފައިވާ ބޭފުޅެކެވެ.

އޭނާއަކީ އެއިރު ބޮޑެތި ޕާޓީތައް ބާއްވާ މަޤްބޫލް ވިޔަފާރިވެރިއެކެވެ. އެހެން ނަމަވެސް އޭނާގެ ވިޔަފާރި އާއި ބެހޭ ގޮތުން ވަރަށް ގިނަ މައްސަލަތައް ފެންމަތިވެގެން ދިޔަ އެވެ.

އަންގާރަ ދުވަހު އޭނާގެ އާއިލާއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އަދްނާން އޭނާގެ ދިރިއުޅުމުގެ އެންމެ ފަހު ދުވަސްތައް ހޭދަކުރީ އޭނާގެ އާއިލާ އާއި ދަރިންނާއި ކާފަދަރިންގެ އަރިހުގައި ކަމަށެވެ. އޭނާ އަވަހާރަ ވިއިރު އޭނާގެ އަންހެނުން ލާމިއާ ދުނިޔޭގައި އެބަހުންނެވި އެވެ.

އަދުނާންގެ ކެރިއަރަށް ބަލާ އިރު 1960-1970 ގެ އަހަރުތަކުގައި އެމެރިކާގެ ކުންފުނިތަކާއި ސައުދި އަރަބިއާއާ ދެމެދު ހަތިޔާރުގެ ވިޔަފާރީގެ އެއްބަސްވުންތަކުގައި އަދްނާން ވަނީ ބްރޯކަރެއްގެ މަޤާމް އަދާކޮށްފަ އެވެ.

ނަވާރަ ސަތޭކަ ނުވަދިހަ ހަތް ވަނަ އަހަރުގ އަދްނާންގެ ފޮޓޯ ވަނީ ޓައިމްސް މެގަޒިންގެ ބޭރު ގަނޑަށް ވެސް އަރާފަ އެވެ.