"ލިބޭ ހުރިހާ ޓެކްހެއް އުނިކޮށްގެން ކައިބޮއިގެން އުޅެނީ ކިހިނެއް؟"

ދައުލަތަށް ލިބޭ ހުރިހާ ޓެކުހެއް އުނިކޮށްގެން ރައްޔިތުން ކައިބޮއި އުޅޭނީ ކިހިނެތްތޯ ފޭދޫ ދާއިރާގެ މަޖިލިސް މެންބަރ އިބްރާހިމް ދީދީ (އައިބީ) ސުވާލު އުފައްދަވައިފިއެވެ.

އައިބީ މިގޮތަށް ވިދާޅުވީ، ބުދަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ތެލުގެ ބާވަތްތަކުގެ ޑިއުޓީ ސުން ޕަސެންޓަށް ހެދުމަށް ގޮވާލައި އިދިކޮޅު ބައެއް މެންބަރުން ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ.

އައިބީ ވިދާޅުވި ގޮތުގައި މަޖިލީހުގެ މެންބަރުންގެ މަޤްސަދަކަށް ވާން ޖެހޭނީ ދޭ ވޯޓަކީ އިޚްލާޞްތެރި ވޯޓަކަށް ހެދުމަށް ކަމަށެވެ. އަދި އެ ވޯޓަކީ، ރައްޔިތުންނަުށް އަނިޔާކުރަން، ގެއްލުމެއް ކުރަން، ލަނޑެއް ދޭން ކަނޑާ އެއްޗަކަށް ވެގެންނެއް ނުވާނެ ކަމަށް އައިބީ ވިދާޅުވިއެވެ.

" ދިވެހިރާއްޖެއަުށް ލިބޭ ހުރިހާ ޓެކްސެއް އުނިކުރަން މާދަމާ ބިލެއް ލާފާނެ މީހަކު. ކިހިނެއްތޯ ޤައުމު ހިންގާނީ؟ ރައްޔިތުން ކައިބޮއިގެން އުޅެނީ ކިހިނެއްތޯ؟ އެ އެއްޗެއްސަކަށް ވޯޓެއް ނުލެވޭނެ،"

އައިބީ ވިދާޅުވި ގޮތުގައި ތެދުވެރިކަމާއި އެއްކޮށް ފައިދާހުރި ކަމަކަށް ވޯޓު ހޯދަންޏާ އެކަމަށް ވޯޓު ދެއްވާނެ ކަމަށެވެ. އެގޮތުން ކޮންމެ ސަރުކާރެއް އޮތަސް، ސިޔާސީ ފިކުރު ކޮންމެ ގޮތަކަުށް ހުއްޓަސް ރައްޔިތުންނަށް ފާއިދާ ހުރި އަދި ރައްޔިތު މީހާ އަތުން ނެގޭ އެއްޗެއް އުނިވާ ކަހަލަ ބިލެއް ވެއްޖެއްޔާ އަޅުގަނޑު އިރާދާކުރެއްވިއްޔާ އެ ބިލަކަށް ވޯޓު ދޭނެ ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ 7ކޮމެންޓް

  • ޓެކުހޭ ކިޔައިގެން ވާހަކަ ދައްކަން ލަދެއް ނުގަނޭބާ؟

  • އެނގޭމީހުންނާއި ގައުމު ހަވާލަކޮށްފެއި އެއްފަރާއްވެގަން، އަފިންނަށް އެންގެއި ހިނގުވާނެގޮތް. މާމުޅު އިކޮނޮމިސްޓަކާށް ނިވިޔަސް.

  • Furathama tax nagan uluneema rayyithun hanaa vanee
    fanaavanee ye kiyamun dhuvi …
    handhaan vey haaahaaa

  • އަފިނަށް ތެ އޮފީސް ހަވާލަ ކޮށްފެލައު، ޓެކުސް ނަގާއްވީ ފަރާއްތަކާއި، ޓެކުސް ނަގާނެލެކާއި، ނަގާއްވީ ވަރާއި ހުށިހެއިއެއްތައް ނަގާއްވީލެކަށް ނާގަން ސަރުކާރު ހިގުވަލާށުމާ! މިކޯ ތެގަންނަ ގަނޑަކީ، ނިކަމެތިމީހާ ގެ މުސާރަކެޑާ އިން ޓެކުސް ގެ ނަމި ޓެކުން. އަދިޔަސް އަފިރިން މަގަ ފުރައްދާއް މިހިގަނީ. މި ރާއްދޭގެ ގޮނޑޮދަށަ ފަތެރެ ވެރިންނަށް ވިއްކަގަން އުފައްދާ ބިލިޔަން ޑޮލަރަށް ވީލެކަށް މަރުކަޒީ ބޭންކުގެ ގަވަރުނަރު އެކެހުން ތޯ އަހަފެލަ. މާ ސަޅިވޭހެއް. ތަފިންނަށް ބިރަށް ހުށިހެއި މިނިވަން މުވައްސަސާ ތައް އެތިބީ ފުރީޒު ވެފެއި. އިތުބާރަނެއްކަމަށް ފާސްކޮށް ކަނޑަލާނެތި. އަދިޔަސް ކޭއްވީޔާ؟

  • Kaley ne ma ham a kos s vejje keivetha kaiboi nu ulheven v akee kurin ves ulhevunu kama kamu ge maahirum bunane