ޚަބަރު

އައިބީ ފޭދޫ ރައްޔިތުންނަށް ދޭ ރޯދަ ވީއްލުން މާދަމާ

ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އިބްރާހީމްދީދީ (އައިބީ) ފޭދޫ ރައްޔިތުންނަށް ދެއްވާ ރޯދަ ވީއްލުން މާދަމާ ބާއްވަން ނިންމައި، ފޭދޫގެ ގެތަކަށް ދައުވަތު ފޮނުވަން ފަށައިފި އެވެ.

ގޭބިސީތަކަށް ފޮނުވި ދައުވަތުގައި ބުނެފައި ވަނީ "ފޭދޫ ރައްޔިތުންގެ ޝަރަފުގައ ބާއްވާ ރޯދަ ވީއްލުމަށް ވަޑައިގެން ދެއްވުން އެދި ދައުވަތު އަރުވާ" ކަމަށެވެ.

މާދަމާގެ ރޯދަ ވީއްލުން އޮންނާނީ ފޭދޫ ބަނދަރުމަތީގަ އެވެ. ދައުވަތު އަރުވާފައި ވަނީ އިރު އޮއްސި 6:00 އަށެވެ.

އައިބީ މަޖިލީހަށް ހޮވުނު ފަހުން ކޮންމެ އަހަރެއްގެ ރޯދަ މަހަކު ވެސް ފޭދޫ ރައްޔިތުންނަށް ރޯދަ ވީއްލުމެއް ބާއްވަ އެވެ.

އެހެން ނަމަވެސް މި ރޯދަ ވީއްލުމުގައި އާންމުކޮށް ބައިވެރި ވަނީ ޕީޕީއެމްގެ ފޭދޫ ސަޕޯޓަރުން އެކަނިކަން ފާހަގަކޮށްލެވެ އެވެ.