ތާބޫ އާއި އަޔުޝްމަންގެ ޖޯޑް ސްކްރީނަށް

އުމުރުން ދުވަސްވީ މީހަކާއި ޒުވާނަކާ ދެމެދު ހިނގާ ލޯބީގެ ހާދިސާތަކަށް މީގެ ކުރިން ވެސް ބޮލީވުޑްގައި ގިނަ ފިލްމްތަކެއް ހަދައިފި އެވެ.

އެކަމަކު އަނެއްކާ ވެސް ހަމަ އެކަހަލަ ފިލްމެއް ކުރިއަށް އެބަ އޮތެވެ. އެއީ ތާބޫ، 45، އާއި އަޔުޝްމަން ކުރާނާ، 32، އެކުގައި ކުޅޭ ފިލްމް "މުޅް މުޅް ކޭ ނާ ދޭކް" އެވެ.

މި ފިލްމަކީ "ބަދްލާޕޫރް" އާއި "އެޖެންޓް ވިނޯދް" ފަދަ ފިލްމްތައް ބެލުންތެރިންނާ ހަމައަށް ގެނެސް ދީފައިވާ ސްރީރާމް ރަގްވަން ޑައިރެކްޓް ކުރާ ފިލްމެކެވެ.

ރިޕޯޓްތައް ބުނާ ގޮތުން "މުޅް މުޅް ކޭ ނާ ދޭކް" ގެ ވާހަކަ ބިނާކޮށްފައި ވަނީ ވިކާސް ސްވަރޫޕްގެ ވާހަކަ "ދި އެކްސިޑެންޓަލް އެޕްރެންޓިސް" އަށެވެ.

އެ ފިލްމަށް ތާބޫ އާއި އަޔުޝްމަން ސޮއި ކުރިކަން ސްރީރާމް ވަނީ ކަށަވަރު ވެސްކޮށް ދީފަ އެވެ. އެކަމަކު ފިލްމާ ބެހޭ މާ ބޮޑު ތަދުސީލެއް އަދި އާންމެއް ނުކުރެ އެވެ.

ސްރީރާމަކީ އާންމުކޮށް ޑާކް ތުރިލާތައް ގެނެސްދޭ ޑައިރެކްޓަރެއް ނަމަވެސް "މުޅް މުޅް ކޭ ނާ ދޭކް" އަކީ ލޯބީގެ ހާދިސާތަކެއް ދައްކުވައި ދޭނެ ފިލްމެކެވެ.

އެކަމަކުު އޭނާގެ ފިލްމަކަށްވާތީ މީގައި ވަރުގަދަ ޓްވިސްޓެއް އޮވެދާނެ ކަމަށް ގަބޫލު ކުރަން ޖެހެ އެވެ.