Last Updated: March 28, 19:01
Thursday, March 28, 2024
މުނިފޫހިފިލުވުން

މުމްބާއީގައި ކުށް މަދު ކުރަން އަޖޭ ދޭވްގަން

"ސިންގަމް" ފަދަ ފިލްމްތަކުގައި އަޖޭ ވަނީ އެތައް ބަޔަކު ޖެހިލުންވާ ކަހަލަ، ފުލުހެއްގެ ރޯލް ވަރަށް ފުރިހަމަ އަ އަދާކޮށްފަ އެވެ. އޭނާގެ ޖެހިލުން ކުޑަ ހަރަކާތްތަކާއި ކުށްވެރިން ސައިޒްކޮށްލަން ކުރާ މަސައްކަތް އަޖޭ ވަރަށް ރަނގަޅަށް ދައްކުވައި ދީފައިވެ އެވެ.

އެހެންވެ މިހާރު މިއޮތީ މުމްބާއީގެ ފުލުހުންނާ ގުޅިގެން ކުށް މަދު ކުރުމުގެ ހާއްސަ ކެމްޕޭނެއްގައި އަޖޭ އަށް ބައިވެރިވެފަ އެވެ. އެގޮތުން ކުށްތަކަށް ހޭލުންތެރި ކުރުވަން މަހާރަޝްތުރާގެ ފުލުހުން ކުރިއަށް ގެންދާ ކެމްޕޭނުގެ މޫނުމައްޗަކީ އަޖޭ އެވެ.

އޭނާ ވަނީ އެ ކެމްޕޭން ދަށުން ފުރަތަމަ ކެމްޕޭން ވީޑިއޯ ވެސް ދައްކާލައިފަ އެވެ. މިއީ ބޭންކްތަކުގައި ހިންގާ ޖަރީމާތަކާ ދެކޮޅަށް ހާއްސަ ވީޑިއޯއެކެވެ.

މިކަހަލަ ކިތަންމެ ވީޑިއޯއެއް ބެލުންތެރިންނާ ހަމައަށް އަޖޭ ގެނެސް ދޭނެ އެވެ. ތަފާތު ކުށްތަކަށް އާންމުން ހޭލުންތެރި ކުރުވުމުގެ ގޮތުންނެވެ.

ދާދި ފަހުން ރާއްޖޭގައި ޗުއްޓީ ވެސް ހޭދަ ކުރި ކެމްޕޭނާ ބެހޭ ގޮތުން އަޖޭ ބުނީ މުމްބާއީގެ ފުލުހުން ޓްވިޓާ މެދުވެރިކޮށް ހިންގާ ކެމްޕޭނަކީ އޭނާ އަށް ވަރަށް ކަމުދާ ގޮތަކަށް ކުރިއަށް ގެންދާ ކެމްޕޭނެއް ކަމަށެވެ.

އެހެންވެ ޑިޖިޓަލް މި ޒަމާނުގައި ފުލުހުންނާ ގުޅިގެން ކެމްޕޭން އިތުރަށް ވަރުގަދަ ކުރަން ފުރުސަތެއް ފަހިވެފެން ދިއުމުން ވަރަށް އުފާވެފައި ހުރި ކަމަށް އަޖޭ ބުންޏެވެ.

އަޖޭ ދެން އެންމެ އަވަހަށް ފެނިގެން ދާނެ ފިލްމަކީ މިލަން ލުތުރިއާގެ "ބާދްޝާހޯ" އިންނެވެ.