ޚަބަރު

ދިވެހި އަންހެނަކަށް އެއްމާބަނޑު ހަތަރު ކުދިން ލިބިއްޖެ

ދިވެހި އަންހެނަކަށް އެއްމާބަނޑު ހަތަރު ކުދިން ލިބިއްޖެއެވެ. މައިމީހާގެ ބަނޑަށް ހަތްމަހުގައި ހަތަރު ކުދިންވެސް ނަގާފައިވަނީ ސިޒޭރިއަން ހަދައިގެންނެވެ.

މިހަތަރު ކުދިންނަށްވެސް އޭ.ޑީ.ކޭ ހޮސްޕިޓަލުގެ ކުޑަކުދިންނަށް ޚާއްސަ އައި.ސީ.ޔޫގައި ދަނީ ފަރުވާ ދެމުންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެއްމާބަނޑު ހަތަރު ކުދިން ލިބިފައިވަނީ ށ. ފޯކައިދޫގެ ދެމަފިރިއަކަށެވެ. އަދި މިއީ އެދެމަފިރިންނަށް ލިބުނު އަލަތު ކުދިންކަމަށް މައުލޫމާތު ލިބެއެވެ.

ބަނޑަށް ހަތް މަހުގައި 4 ކުދިން ނަގައި އައިސީ ޔޫގައި ފަރުވާ ދެމުންދާ އިރު ސިޒޭރިއަން އާއި ގުޅިގެން އަންހެން މީހާއަށް ލޭ އަޅަން ޖެހި އާއިލާއިން ލޭ ހޯދަން އިއްލާން ކުރިއެވެ. ނަމަވެސް މިހާރު އަންހެން މީހާއަށް ވަނީ ބޭނުންވާ ވަރަށް ލޭ ލިބިފައެވެ.

އެއްމާބަނޑު ދެކުދިންނަށްވުރެ ގިނައިން ކުދިން ލިބުމަކީ ރާއްޖޭގައި ވަރަށް މަދުން ނޫނީ ނުވާ ކަމެކެވެ.