ޚަބަރު

ރޯދަ ރަހަ: ޕެއާ އަޕްސައިޑް ޑައުން ކޭކް

ބޭނުންވާ ތަކެތި:

2 މޭޒުމަތީ ސަމުސާ ބްރައުން ޝުގާ
650 ގްރާމް ޕެއާޒް (ދަޅު)
2 ޖޯޑު ސެލްފްރެއިޒިން ފުށް (ފުރާނާފައި)
125 ގްރާމް އަންސޯލްޓެޑް ބަޓަރ
¾ ޖޯޑް ހަކުރު (ހިމުންކޮށްފައި)
2 ބިސް (ކުޑަކޮށް ގިރާފައި)

ތައްޔާރު ކުރާނެ ގޮތް:

ޓްރޭގައި ކުކިން ޕޭޕަރު އަޅާފައި ނުވަތަ ތެޔޮ/މޭޖެރިން/ބަޓަރު ލާފައި ބްރައުން ޝުގާ އަޅާފައި ފަތުރާލާށެވެ. ދެން ޕެއާތައް އަތުރާލާފައި ބަހައްޓާށެވެ. ދެން ބަޓަރާއި ހަކުރު ތަވާއަށް އަޅާފައި އުނދުން މައްޗަށް އުދާލާށެވެ.
މަޑު ގިނީގައި ބަހައްޓައިގެން ދިޔާކޮށްފައި ބިހާއި ޕެއަރ ދަޅުގެ ދިޔަ އެއްކޮށްފައި ދިޔާކުރި ބަޓަރ އަދި ފުށް އެއްކޮށްފައި ރަނގަޅަށް ގިރާލާށެވެ.

ދެން ޕެއާޒް އަތުރާފައިހުރި ޓްރޭއަށް ފުށްގަނޑު އަޅާފައި އަވަނުން ފިހެލާށެވެ. ކޭކް ހިހޫވީމާ އަނެއް ފުށަށް ޖަހާށެވެ.