Last Updated: April 23, 16:11
Tuesday, April 23, 2024
ޚަބަރު

ލެ ޕޯޝް: އެންމެ ފަހުގެ ޓްރެންޑްތަކާ އެކު އަންހެނުންނަށް ހާއްސަ

"ލެ ޕޯޝް" ގެ ނަމުގައި އަންހެނުންނަށް ހާއްސަކޮށްގެން ފޭދޫގައި އާ ހެދުން ފިހާރައެއް ހުޅުވައިފި އެވެ.

ފޭދޫ "މޯރަލް ބުކްޝޮޕް" ކައިރީގައި މި މަހުގެ 17 ވަނަ ދުވަހުގެ ރޭ ހުޅުވި މި ފިހާރައަކީ އަންހެން ކަނބަލުންގެ ހެދުމާއި ޒީނަތްތެރިވާން ބޭނުން ކުރާ ގިނަ ސާމާނު ލިބެން ހުރި ތަނެކެވެ.

"ލެ ޕޯޝް" ގެ ވެރިޔާ އީނާ ނަސީރު (އީން) ބުނީ ފިހާރަ އިން ލިބެން ހުންނާނީ އެންމެ ފަހުގެ ޓްރެންޑްތަކުގެ އުފެއްދުންތައް ކަމަށެވެ.

އޭނާ ބުނީ ޒުވާން އަންހެނުން ކުދިން ޒީނަތްތެރިވާން ބޭނުންވާ އެންމެ ފަހުގެ ހެދުންތަކާއި އެކްސެސަރީޒްތައް އަތް ފޯރާ އަގެއްގައި "ލެ ޕޯޝް" އިން ފަސޭހަކަމާ އެކު ލިބޭނެ ކަމަށެވެ.

މީގެ އިތުރުން ތަފާތު ޑިޒައިންތަކުގެ އަތް ދަބަހާއި ފައިވާން ވެސް އެތަނުން ލިބެން ހުންނާނެ އެވެ. ކުރިއަށް އީދު ވެސް އޮތުމާ އެކު "ލެ ޕޯޝް" އަށް ވަދެލުން ހަމަ ރަނގަޅެވެ.