Last Updated: July 3, 08:25
Thursday, July 3, 2025
ޚަބަރު

"މިއީ ލިބުނު ނަސްރެއް، ސަރުކާރު އޮތީ ނޭވާ ހޮޅިއަށް އެޅިފައި"

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު އޮތީ ނޭވާ ހޮޅިއަށް އެޅިފައި ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް ވިދާޅުވެއްޖެ އެވެ.

ޑރ. ޖަމީލު ކުރެއްވި ޓްވީޓެއްގައި މިހެން ވިދާޅުވެފައި ވަނީ 45 މެންބަރުންގެ ސޮޔާއި އެކު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.


މަސީހު އާއި ދެކޮޅަށް މައްސަލަ މަޖިލީހަށް ވެއްދުމުން އެކަން ޑރ. ޖަމީލު ސިފަކުރައްވާފައި ވަނީ، "ރައްޔިތުންނަށް ލިބުނު ނަސްރެއް" ގެ ގޮތުގައެވެ.

ޑރ. ޖަމީލު ވިދާޅުވެފައި ވަނީ އިދިކޮޅު ފަރާތްތަކުން ތިއްބެވީ އެކުވެރިކަމާއި އެކު މިކަން ނިންމަން (ސަރުކާރު ބަދަލުކުރަން) އަޒުމުގައި ކަމަށެވެ.