Last Updated: April 25, 12:03
Thursday, April 25, 2024
ޚަބަރު

ފޭދު އާއި ތިމަރަފުށި މެޗް ލަނޑެއް ނުޖެހި އެއްވަރު

އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ދޭގެ ދެވަނަ މެޗްގައި ޒޯން 8 ގެ ޗެމްޕިއަން ފޭދޫ އާއި ތިމަރަފުށި ބައްދަލު ކުރި މެޗް ލަނޑެއް ނުޖެހި އެއްވަރުވެއްޖެއެވެ.

ގދ. ތިނަދޫ ފުޓްބޯޅަ ދަނޑުގައި ކުޅުނު މި މެޗްގައި ފޭދޫ ޓީމުން ރަނގަޅު ކުޅުމެއް ކުޅުނު ނަމަވެސް ލަނޑު ޖެހޭ ގޮތް ވަނީ ނުވެފައެވެ.

މި ގްރޫޕްގެ ފުރަތަމަ މެޗްވެސް ވަނީ ލަނޑެއް ނުޖެހި އެއްވަރުވެފައެވެ. ގދ. ތިނަދޫ އާއި ދ. ކުޑަހުވަދޫ ބައްދަލު ކުރި މެޗްވެސް ވަނީ ލަނޑެއް ނުޖެހި އެއްވަރުވެފަ އެވެ.

މި މުބާރާތުގެ ގްރޫޕް އެކެއްގެ މެޗްތައް ކުޅެނީ ހދ. ކުޅުދުއްފުށީގައެވެ. އެ ގްރޫޕްގެ ފުރަތަމަ މެޗް އިއްޔެ ހަވީރު ކުޅުނު އިރު ބައްދަލު ކުރީ އަތޮޅު ފުޓްބޯޅައިގެ ގަދަ ބާރެއް ކަމަށްވާ ބ. އޭދަފުއްޓާއި ކުޅުދުއްފުޓެވެ. މ މެޗް ނިމުނީ 1-1 ލަނޑުން އެއްވަރު ވެގެންނެވެ.

ދެ ސަރަހައްދެއްގައި ކުރިއަށް ގެންދާ މި މުބާރާތުގެ ފައިނަލް މެޗް އޮންނާނީ ޖުލައި 20 ވަނަ ދުވަހު މާލޭގައެވެ.