Last Updated: April 26, 17:13
Friday, April 26, 2024
ޚަބަރު

އީކްއޭޓާ އިން ތިން ޕެކެޖެއް ތައާރަފުކޮށްފި

ކުރިއަށް އޮތް ބޮޑު އީދު ޗުއްޓީ ގަމުގެ އީކްއޭޓަ ވިލެޖްގައި ހޭދަކޮށްލަން ހާއްސަ ޕެކެޖްތަކެއް އެތަނުން ތައާރަފުކޮށްފި އެވެ.

އެގޮތުން ތިން ޕެކެޖެއް ތައާރަފުކޮށްފައިވާ ކަމަށް އީކްއޭޓާ އިން ބުންޏެވެ.

މި ޕެކެޖްތަކަށް ބަލާ އިރު މި މަހުގެ 31 އިން ފެށިގެން އަންނަ މަހުގެ ހައެއްގެ ނިޔަލަށް ކުރިއަށް ގެންދާ ޕްރޮމޯޝަނުގައި 77 ޑޮލަރުގެ ޕެކޭޖަކާއި 99 ޑޮލަރު އަދި 130 ޑޮލަރުގެ ޕެކެޖެއް ހިމެނެ އެވެ.

މި ޕެކެޖްތަކުގެ ތެރެއިން 77 ޑޮލަރުގެ ޕެކޭޖްގައި ހާފް ބޯޑްގައި ރޫމެއްގައި ތިބެވޭ އިރު ސްވިމިން ޕޫލް ބޭނުން ކުރުމާއި އަދި މެންދުރުގެ ކެއުން ދެ މީހަކަށް ލިބޭނެ އެވެ. އަދި ދެ މީހުންގެ އިތުރަށް 13 އަހަރުން ދަށުގެ ކުޑަ ކުއްޖަކު އިތުރުކުރާ ނަމަ 10 ޑޮލަރު އިތުރަށް ދައްކަން ޖެހެ އެވެ.

ނުވަދިހަ ނުވަ ޑޮލަރުގެ ޕެކެޖްގައި ގައި ފުލް ބޯޑުގައި ރިސޯޓުގެ ރޫމެއްގައި އެއް ދުވަސް ހޭދަކޮށްލެވޭ ވޭއިރު 130 ޑޮލަރުގެ ޕެކެޖްގައި ރިސޯޓުގެ މައިގަނޑު ޚިދުމަތްތަކާ އެކު އެއް ދުވަހަށް ކޮޓަރިއެއްގައި ތިބެވޭނެ އެވެ.

މި ޕެކެޖްތަކާ ބެހޭ އިތުރު މައުލޫމާތު 6899000 އަށް ގުޅައިގެން ހޯދޭނެ އެވެ.