ޚަބަރު

"ހައްދު" މިރޭ އައްޑޫގައި ޕްރިމިއާ ކުރާނެ

ރޭ މާލޭގައި ޕްރިމިއާ ކުރި ދިވެހި ފިލްމް "ހައްދު" މިރޭ އައްޑޫގައި ޕްރިމިއާ ކުރުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވާން ފަށައިފި އެވެ.

އައްޑޫގެ ދެ އަވަށެއްގައި ފިލްމް ދައްކާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. އެއީ މަރަދު އާއި ހިތަދޫގަ އެވެ. މިރޭގެ ޝޯތައް މިހާރު އެއްކޮށް ފުލްވެފައިވާ ކަމަށް "ހައްދު" އައްޑޫގައި އަޅުވާ ޓީމުން ބުންޏެވެ.

އަބްދުލް ފައްތާހް ޑައިރެކްޓްފައިވާ "ހައްދު" މިރޭ އައްޑޫގައި ޕްރިމިއާ ކުރާ އިރު، ފިލްމްގެ ލީޑް ތަރިންނާއި ޑައިރެކްޓަރުންނާއި ދެ ލަވަ ކިޔުންތެރިން މިއަދު އައްޑު އަށް އަންނަ ގޮތަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

މަހުދީ އަހުމަދުގެ ސްކްރީންޕްލޭއަކަށް ހަދާފައިވާ "ހައްދު" ގައި ލީޑް ރޯލް ކުޅެފައި ވަނީ އަލަށް ތައާރަފުވާ އަހުމަދު ޝިބާންއާ އެކު މަރިޔަމް އައްޒަ އާއި އައިމިނަތު ރިޝްފާ އެވެ.