ޚަބަރު

"ހައްދު" ގެ އިތުރު ދެ ޝޯ އައްޑޫގައި ދައްކަނީ

މިދިޔަ ބުރާސްފަތި ދުވަހުގެ ރެއިން ފެށިގެން ފިލްމް "ހައްދު" ގެ ހައުސުލްފުލް ތިން ޝޯ އައްޑޫގައި ދެއްކުމަށް ފަހު، ފިލްމަށް ލިބުނު ބޮޑު ތަރުހީބާ ގުޅިގެން އަނެއްކާ ވެސް އިތުރު ޝޯތަކެއް ދައްކަން ނިންމައިފި އެވެ.

ޑައިރެކްޓަރު އަބްދުލް ފައްތާހް "އައްޑޫ ލައިވް" އަށް ބުނީ ކުރިއަށް އޮތް ދެ ޝޯ ދައްކާނީ އަންނަ ހުކުރު ދުވަހުގެ ރެއާއި ހޮނިހިރު ދުވަހުގެ ރޭ މަރަދޫ ބޮނޑޮ ގޭގައި ކަމަށެވެ.

އެ ޝޯތަކުގެ ޓިކެޓް މިހާރު ބުކް ކުރެވޭނެ އެވެ. ގުޅަން ޖެހޭ ނަމްބަރަކީ 7690575 އެވެ.

ބުރާސްފަތި ދުވަހުގެ ރޭ ހިތަދު އާއި މަރަދޫގައި "ހައްދު" ޕްރިމިއާ ކުރީ ފިލްމުގެ ލީޑް ކާސްޓާއި ދެ ލަވަ ކިޔުންތެރިންނާއި ޑައިރެކްޓަރާ އެކުގަ އެވެ.

މަހުދީ އަހުމަދުގެ ސްކްރީންޕްލޭއަކަށް ހަދާފައިވާ "ހައްދު" ގައި ލީޑް ރޯލް ކުޅެފައި ވަނީ އަހުމަދު ޝިބާން އާއި މަރިޔަމް އައްޒަގެ އިތުރުން އައިމިނަތު ރިޝްފާ އެވެ.

މިދިޔަ ބުދަ ދުވަހުގެ ރޭ ޕްރިމިއާ ކުރި މި ފިލްމްގެ ވަރަށް ކާމިޔާބު ޝޯތަކެއް އޮލިމްޕަހާއި މާލެ އާއި ހުޅުމާލޭގެ ޝްވެކް ސިނަމާތަކުގައި އަންނަނީ ދައްކަމުންނެވެ.