Last Updated: April 18, 21:56
Thursday, April 18, 2024
ޚަބަރު

މުޖުތަމައު ތެރެއިން: މި ވެސް މީހެއްގެ ހާލަތު

މިއީ ހުޅުދޫގައި އުޅެމުން އަންނަ އުމުރުން ދުވަސްވީ މީހެއްގެ ވާހަކަ އެވެ. އޭނާގެ ހާލަތާ މެދު ކަންބޮޑުވާ މީހަކު ފޭސްބުކްގައި ވަނީ މި މީހާއާ ބެހޭ މައުލޫމާތު ހިއްސާކޮށްފަ އެވެ.

އޭނާ ބުނެފައިވާ ގޮތުގައި ބަލަދުވެރިއަކު ވެސް ނެތި ހުޅުދޫގައި ދިރިއުޅޭތާ 40 އަހަރުވެފައިވާ މި މީހަކީ ހުޅުދޫ ހިނރުދު މާގޭގައި އެކަނި ދިރިއުޅެމުން އަންނަ އަލީ ތަކުރު، 78، އެވެ.

އަލި ތަކުރަކީ ލ. ފޮނަދޫ ބިލެތްކަފާގޭ މީހެއް ކަމަށް ރަށު އޮފީހުން ވަނީ މައުލޫމާތު ލިބިފަ އެވެ. އަލި ތަކުރަކީ މަންމަނެކެވެ އޭނަގެ އަންބަކު ދަރިއަކު ވެސް ނެތެވެ. އެއްބަނޑު މީހަކު ވެސް ދުނިޔޭގައި ހުރިހެން ހީނުވެ އެވެ. އަލި ތަކުރު އުޅެނި ބަލަދުވެރިއަކު ނެތި، ވަރަށް ނިކަމެތި ހާލުގަ އެވެ. އޭނާ އަށް ދައުލަތުގެ ހާއްސަ އެހީ އަށް ބޭނުންވާ މީހުން ތިބޭ މަރުކަޒުން ފުރުސަތެއް ލިބޭތޯ ފާއިތުވި 18 ވަރަކަށް އަހަރު އެކި ފަހަރުމަތިން ވަނީ މަސައްކަތް ކުރެވިފަ އެވެ.

އެޑިޓަރުގެ ނޯޓް: "މުޖުތަމައު ތެރެއިން" މި ނަމުގައި ކޮންމެ ދުވަހަކު "އައްޑޫ ލައިވް" އިން މި ގެނެސްދޭ ސެގްމަންޓަކީ މުޖުތަމައު ތެރެއިން ފެންނަ އާންމުން ކަންބޮޑުވާ ނޭދެވޭ ކަންކަން ގިނަ ބައެއްގެ ސަމާލު ކަމަށް ގެނެސް އެފަދަ ކަންކަން ހުއްޓުވުމަށް ބާރު އެޅުމެވެ.