Last Updated: April 26, 23:59
Friday, April 26, 2024
ރިޕޯޓް

މުޖުތަމައު ތެރެއިން: މީ ދެން ކޮން ކަމެއް؟

އާންމުން ކަންބޮޑުވާ ކަންކަމުގެ ވާހަަކައިގެ ތެރެއިން މި ފަހަރު މިއޮތީ އަނެއްކާ ވެސް އަލިފާނުގެ ވާހަކައެކެވެ. ފޭސްބުކްގެ ގްރޫޕެއްގައި މީހަކު ޕޯސްޓް ކުރި ފޮޓޯތަކަކާ އެކު ބުނަނީ މިހެންނެވެ؛ "މީ ދެން ކޮން ކަމަށް. ހަކުރު ބޯގަން މީހުންގެ ގެދޮރަ ހަލާކި ކެރަމުން،"

އޭނާގެ މި ޕޯސްޓަށް މީހަކު ކޮމެންޓް ކުރުމުން އިތުރު ތަފުސީލަކަށް ވެސް ދިޔަ އެވެ؛ "މީ ހަމަ އަދަ ހިގި ކަމަށް. އެގާރަ ގަޑި ކޮންމިޔަސް އެއްތަކުން ހަކުރު ބޯގަން ވާނުވާއި ތިބެ ގެއްލުން ދިނީ. ގާމުން ހިތަކަށް މިކަން ނިވޭހެއް ނުނީ."

އޭނާގެ މި ވާހަކަތަކުން އެނގުނީ ގޯތި ތެރޭގައި ޓިމުން ހަދާފައި ހުރި ތަނެއްގައި ކޮންމެވެސް ބަޔަކު ރޯކޮށްލައިގެން އުޅޭ ކަމެވެ. އެތަން އަނދައި ބިމާ ހަމަވެފައި ހުރީ ބަޔަކު ގެއްލުން ދިނުމުން ކަމަށެވެ.

މީސްމީހުންގެ ގޯތިގެދޮރަކީ ހުރުމަތްތެރިވެގެންވާ ތަންތަނެވެ. އެހެންވެ ހުއްދަ ނެތި އެފަދަ ތަންތަނަން ވަނުމަކީ ކޮށްގެން ވާނެ ކަމެއް ނޫނެވެ. ވަކިން ހާއްސަކޮށް މީހުންގެ މުދަލަށް ގެއްލުން ދިނުމަކީ މުޖުތަމައު ތެރޭގައި ގަބޫލު ކުރެވޭނެ ކަންކަމެއް ނޫނެވެ.

އެޑިޓަރުގެ ނޯޓް: "މުޖުތަމައު ތެރެއިން" މި ނަމުގައި ކޮންމެ ދުވަހަކު "އައްޑޫ ލައިވް" އިން މި ގެނެސްދޭ ސެގްމަންޓަކީ މުޖުތަމައު ތެރެއިން ފެންނަ އާންމުން ކަންބޮޑުވާ އަދި ނޭދެވޭ ކަންކަން ގިނަ ބައެއްގެ ސަމާލު ކަމަށް ގެނެސް އެފަދަ ކަންކަން ހުއްޓުވުމަށް ބާރު އެޅުމެވެ.