Last Updated: March 28, 16:38
Thursday, March 28, 2024
ރިޕޯޓް

މުޖުތަމައު ތެރެއިން: ދުއްވާ އިރު މިތަނަށް ސަމާލުވާތި!

ތާރު އެޅި ހިތަދޫ ބޮޑު މަގުގައި ދުއްވާ ސަމާލު ވާށެވެ. ހާއްސަކޮށް ރޭގަނޑު ސައިކަލްގައި އުޅޭ މީހުން މިކަމަށް މާ ބޮޑަށް ވެސް ވިސްނަން ޖެހޭނެ އެވެ. އެހެން ނޫނީ ބޮޑު އަނިޔާއަކާ ކުރިމަތިލާން ޖެހިދާނެ އެވެ.

ހިތަދޫ ބޮޑުމަގުގައި ހުންނަ "ސިޓީ ފޮތި" ފިހާރަ ކުރިމަތީގައި ވަޅުގަނޑެއް ހެދިގެން، އެ ދިމާ ފާހަގަ ކުރަން ބަޔަކު މީހުން މިހާރު ހުރީ ގަހެއް އިންދާފައި ހުރި ހަންބުރިއެއް ބަހައްޓައިފަ އެވެ. އެހެންވެ މިއަށް ސަމާލު ވާން ޖެހެ އެވެ.

އަނެއްކާ އޭތި އެތަނުން ނަގައިފި، ވަރަށް ނުރައްކާ ވެދާނެ އެވެ. މި ދުވަސްކޮޅު ވާރޭ ވެހެމުން ވެސް ދާތީ، ވަޅުނޑުމަތިން ހަންބުރި ނަގައިފި ނަމަ، އޭގެ ތެރެއަށް ފެން އެޅި ވަޅުގަނޑު ހުރިކަން ފާހަގަ ކުރަން އުނދަގޫ ވެދާނެ އެވެ.

އައްޑޫގެ ތާރު އަޅައިގެން ހަދާފައި ހުރި ބައެއް މަގުތަކުގެ ހާލަތު މިހާރު ހުރީ މިހެންނެވެ. މިއީ ދުވަހަކު ވެސް ރަނގަޅު ހެޔޮ ބަދަލެއް ގެނެވޭ ކަމެއް ނޫނެވެ. އާންމުން މިފަދަ ކަންކަން، ތަންތަނަށް ސަމާލުވެގެން އުޅޭށެވެ.

އެޑިޓަރުގެ ނޯޓް: "މުޖުތަމައު ތެރެއިން" މި ނަމުގައި ކޮންމެ ދުވަހަކު "އައްޑޫ ލައިވް" އިން މި ގެނެސްދޭ ސެގްމަންޓަކީ މުޖުތަމައު ތެރެއިން ފެންނަ އާންމުން ކަންބޮޑުވާ އަދި ނޭދެވޭ ކަންކަން ގިނަ ބައެއްގެ ސަމާލު ކަމަށް ގެނެސް އެފަދަ ކަންކަން ހުއްޓުވުމަށް ބާރު އެޅުމެވެ.