Last Updated: April 18, 15:52
Thursday, April 18, 2024
ޚަބަރު

ކުށްވެރިޔާ މާ ގިނައިން ފޮޑި ޖަހާތީ ތަހުގީގު މެދުކަނޑާލަން ޖެހިއްޖެ

މަސްތުވާތަކެތީގެ މައްސަލައެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހަކު މާ ގިނައިން ފޮޑި ޖަހާތީ ތަހުގީގު މެދުކަނޑާލަން ޖެހިއްޖެއެވެ.

އެމެރިކާގެ ކެންސަސް ސިޓީގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ޝޯން ސައިކްސް އާއި ފުލުހުން ކުރި ސުވާލުތަކަށް ޖަވާބު ދިނުމުގެ ބަދަލުގައި އޭނާ ދިޔައީ ފޮޑި ޖަހަމުންނެވެ.

ތަހުގީގު ކުރިއަށް ގެންދިޔަ އޮފިސަރު ބުނެފައިވާ ގޮތުގައި، ޝޯން އާއި ކުރި ސުވާލުތަކަށް ޖަވާބު ނުދީ އޭނާ ފޮޑި ޖަހަން ފެށުމުން ތަހްގީގް މެދުކަނޑާލީ ކަމަށެވެ.

ސެޕްޓެމްބަރު މަހުގެ ތެރޭގައި ޝޯން އާއި ފުުލުހުން ސުވާލުކުރީ މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ ކޮކެއިން ވިއްކަން އުޅުމުގެ ތުހުމަތުގައެވެ. އެހެން ނަމަވެސް އެފަހަރު އޭނާގެ ފަރާތުން ތަހުގީގަށް އެއްބާރުލުން ނުލިބުމުން ވަނީ ދޫކޮށްލާފައެވެ.

ނަމަވެސް މިމަހުގެ ތެރޭގައި ވަގަށް ނަގާފައިވާ ފިސްތޯލަ އަކާއި އެކު ޝޯން ވަނީ އަނެއްކާ ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.