ކުޅިވަރު

ފޭދޫ ބަލިކޮށް ހެންވޭރަށް ޗެމްޕިއަންކަން

ގޯލްޑެން ފުޓްސަލް ޗެލެންޖްގެ ޗެމްޕިއަންކަން ފޭދޫ ބަލިކޮށް ހެންވޭރުން ރޭ ހޯދައިފި އެވެ.

މާފަންނު ސްޓޭޑިއަމްގެ ވެލިދަނޑުގައި ކުޅުނު މުބާރާތުގެ ފައިނަލް މެޗު ހެންވޭރުން ކާމިޔާބު ކުރީ 0-3 ގެ ލަނޑުންނެވެ.

މެޗްގެ ތެރެއިން ދެ ޓީމުން ވެސް ވަރަށް ޑިފެންސިވް ކުޅުމެއް ފެނިގެން ދިޔަ ނަމަވެސް، މެޗުގެ ކުރީ ކޮޅު ހެންވޭރުން ވަނީ ލަނޑެއް ޖަހައި ކުރި ހޯދައިފަ އެވެ. މި ލަނޑު ކާމިޔާބު ކޮށްދިނީ މުހައްމަދު ރިއްފަތެވެ.

ވާދަވެރި ކުޅުމެއް ފެނިގެންދިޔައެވެ. އެ މެޗުގެ ފުރަތަމަ ހާފުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ކާމިޔާބުކޮށްފައި ވަނީ ހެންވޭރުގެ މުހައްމަދު ރިއްފަތެވެ. ފުރަތަމަ ހާފު ނިމުނީ މި ނަތީޖާގައި އޮވެގެންނެވެ.

ދެވަނަ ހާފު ފެށިގެން މާގިނައިރު ތަކެއް ނުވެ، ރިއްފަތު ވަނީ އިތުރު ލަނޑެއް ޖަހައި ހެންވޭރަށް ލީޑު ފުޅާކޮށްފައެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ވެސް ހޮވުނީ ރިއްފަތެވެ. ހެންވޭރުގެ ތިން ވަނަ ލަނޑު ޖެހީ އިބްރާހިމް ރިޒްވާން އެވެ.

ފައިނަލް މެޗް ޝަރަފުވެރިކޮށްދެއްވައި ވަނަ ވަނަ އަށް އައި ފަރާތްތަކަށް ތައްޓާއި މެޑަލް ހަވާލު ކޮށްދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމެވެ.

މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައި ވަނީ ހެންވޭރު ޓީމުގެ ރިއްފަތު އެވެ. މުބާރާތުގެ ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ މުބާރާތުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ އަށް ހޮވުނު ބ. ތުޅާދޫ ޓީމުގެ އާފިގް ރަޝީދު އާއި ރ. އިގުރައިދޫ ޓީމުގެ އަހުމަދު އައިހަމް އާއި ހެންވޭރު ޓީމުގެ ރިއްފަތުގެ އިތުރުން މ. މަޑުއްވަރީ ޓީމުގެ ނާޝިދު އެވެ. މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވުނޯ ހެންވޭރު ޓީމުގެ ކޯޗު މުހައްމަދު ނިމާލެވެ.

މުބާރާތުގެ ފެއާ ޕްލޭ ޓީމަކަށް މ. މަޑުއްވަރީ ޓީމު ހޮވުނު އިރު، އެންމެ ރަނގަޅަށް ސަޕޯޓު ކުރި ޓީމަކަށް ހޮވުނީ ބ. ތުޅާދު އެވެ.

މިދިޔަ އަހަރު ޗެމްޕިއަން ޓީމަށް 50،000ރ. ދިން ނަމަވެސް، މި އަހަރު ޗެމްޕިއަން ޓީމަށް ދީފައި ވަނީ 65،000ރ. ގެ ފައިސާގެ އިނާމެކެވެ. މިދިޔަ އަހަރު ރަނަރަޕް ޓީމަށް 15،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިން އިރު، މިއަހަރު ރަނަރަޕް ޓީމަށް ދީފައި ވަނީ 25،000ރ. އެވެ.

ފަންސާސް ޓީމް ވާދަ ކުރި މި އަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ޓައިޓަލް ސްޕޮންސަރަކީ ސޮނީ ސްޕޯޓްސް އެވެ.