Last Updated: May 17, 00:08
Thursday, May 16, 2024
ޚަބަރު

ހަތަރު ފުލުހަކު ތަމްރީނަށް ރާއްޖޭން ބޭރަށް

ފުލުހުންގެ ސީނިއާ ހަތަރު އޮފިސަރަކު ތުރުކީއަށާއި ވިއެޓްނާމަށް ތަމްރީނުތަކަކަށް ފުރައިފި އެވެ.

މި ތަމްރީން ޕްރޮގްރާމްތަކުގެ ތެރެއިން ތުރުކީގައި ކުރިއަށްދާ ޕޮލިސް ލީޑަޝިޕް އެންޑް މެނޭޖްމަންޓް ސްކިލްސް ޓްރެއިނިންގައި ބައިވެރިވުމަށް ދިޔައީ ޗީފް އިންސްޕެކްޓަރު އޮފް ޕޮލިސް މުޖުތަބާ ޢަބްދުއްސައްތާރު އާއި ޗީފް އިންސްޕެކްޓަރު އޮފް ޕޮލިސް އިޒްމިއާ ޒާހިރު އާއި އިންސްޕެކްޓަރު އޮފް ޕޮލިސް ޖަވީދު މުސާއެވެ.

ތުރުކީ ޕޮލިސް އެކަޑަމީން މި މަހުގެ 13-17 އަށް ކުރިއަށްދާ މި ތަމްރީން ޕްރޮގްރާމުގައި ބައިވެރިވުމަށް ތިން ފުލުހުން ވެސް ފުރީ މި މަހުގެ 11 ވަނަ ދުވަހު އެވެ.

ވިއެޓްނާމްގައި ކުރިއަށްދާ ޓްރާންސްނޭޝަނަލް ސައިބަ ކްރައިމް އިންވެސްޓިގޭޝަން ތަމްރީން ޕްރޮގްރާމުގައި ބައިވެރިވުމަށް އެ ޤައުމަށް ފުރީ ޗީފް އިންސްޕެކްޓަރު އޮފް ޕޮލިސް ޙަސަން ސަޢީދެވެ. ސަޢީދު ވިއެޓްނާމަށް ފުރާފައިވަނީ މިދިޔަ އާދީއްތަ ދުވަހުއެވެ.

ނޮވެމްބަރު މަހުގެ 13 ން އަންނަ މަހުގެ އެއް ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ތަމްރީން ޕްރޮގްރާމަކީ އޭޝިއާ ރީޖަނަލް ލޯ އެންފޯސްމަންޓް މެނޭޖްމަންޓް ޕްރޮގްރާމުގެ ދަށުން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.