Last Updated: April 25, 06:02
Thursday, April 25, 2024
ޚަބަރު

ޒެފިއާ ފުޓްސަލް ކަޕްގެ ގުރުލުން މިރޭ

މިމަހުގެ 25 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ އެލެކްސް އިންވެސްޓްމަންޓް ޒެފިއާ ފުޓްސަލް ކަޕް2017ގެ ގުރުލުމުގެ ރަސްމިއްޔާތު މިރޭ ބާއްވަން އެފްސީ ޒެފިއާ އިން ނިންމައިފިއެވެ.

ޒެފިއާއިން މައުލޫމާތު ދޭ ގޮތުގައި މި މުބާރާތުގެ ގުރުލުން ބޭއްވުމަށް ހަމަޖެހިފައިވަނީ މިރޭ 9:00 ގައި ހިތަދޫ ސީޝެލްސް ރެސްޓޯރަންޓްގައެވެ.

ޖުމްލަ 10 ޓީމު ބައިވެރިވާ މި މުބާރާތުގެ ޗެމްޕިއަން ޓީމަކަށް 30،000 ރުފިޔާ އަދި ރަނަރަޕް ޓީމަކަށް 10،000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހުށަހަޅާފައެވެ.

މިމުބާރާތް ކުރިއަށް ދާނީ ހިތަދޫ އީދިގަލި ދަނޑުގައެވެ. އީދިގަލި ކިޅި ކައިރީ އޮންނަ މި ދަނޑުގައި ފާއިތުވި އަހަރުވެސް ޒެފިއާ އިން އިންތިޒާމް ކޮށްގެން ފުޓްސަލް މުބާރާތެއް ވަނީ ބާއްވާފައެވެ.

ޒެފިއާ ފުޓްސަލް ކަޕް2017ގެ މެއިން ސްޕޮންސަރަކީ އެލެކްސް އިންވަސްޓްމަންޓެވެ.