Last Updated: April 27, 06:22
Saturday, April 27, 2024
ޚަބަރު

އައްޑޫގައި 410 ވެހިކަލް ޗެކްކޮށް، 18 މީހަކަށް ފިޔަވަޅު އަޅައިފި

އައްޑޫގައި ފުލުހުން ސިލްސިލާކޮށް ކުރިއަށް ގެންދާ ޓްރެފިކް އޮޕަރޭޝަން "ދިވިލި މަތަ" އައްޑޫ ސިޓީގެ ހުރިހާ ރަށެއްގައި މި މަހު 21 ގައި ހިންގައި 410 އުޅަނދެއް ޗެކްކޮށް، ޤަވާއިދާ ޚިލާފުވި 18 ފަރާތަކާ މެދު ފިޔަވަޅު އަޅައިފި ވެ.

ޗެކް ކުރި އުޅަނދުތަކުގެ ތެރޭގައި ހިމެނެނީ ހަތަރު ފުރޮޅުލީ އިންޖީނުލީ 108 އުޅަނދާއި ދެފުރޮޅުލީ އިންޖީނު އުޅަނދުގެ 302 އުޅަނދެކެވެ.

"ދިވިލިމަތަ" ނަމުގައި ކުރިއަށް ގެންދާ މި ޓްރެފިކް އޮޕަރޭޝަނަކީ އެއްގަމު ދަތުރުފަތުރުގައި އުޅަނދުތައް ދުއްވަނީ ޤާނޫނާއި ޤަވާއިދާ އެއްގޮތަށްތޯ ބެލުމުގެ ގޮތުންނާއި، އުޅަނދުތަކުގައި ފުރިހަމަ ކުރަން ޖެހޭ ކަންކަން ފުރިހަމަކޮށްފައިވޭތޯ ބެލުމާއި، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ހިންގަމުންދާ ސިލްސިލާ އޮޕަރޭޝަނެކެވެ.

މި އޮޕަރޭޝަނުގައި އައްޑޫގެ ހުރިހާ ރަށެއްގައި ވެހިކަލް ޗެކްޕޮއިންޓްތައް ޤާއިމްކޮށްގެން، އުޅަނދުތަކުގެ އަހަރީ ފީ އާއި އިންޝުއަރެންސްއާއި ރޯޑްވާދިނަސް މުއްދަތު ހަމަވެފައިވޭތޯ އާއި ސްޓިކާ ހަރުކޮށްފައި ހުރިތޯ ބެލުމުގެ އިތުރުން ޓްރެފިކާ ގުޅުން ހުރި އެހެން ވައިލޭޝަންތައް ބަލާފައިވެ އެވެ.