Last Updated: May 15, 21:40
Wednesday, May 15, 2024
ދުނިޔެ

ކައިވެނީގެ ކުރިން މެގަން މާކަލް އިނީ ބަލިވެ!

އިނގިރޭސިވިލާތުގެ ޕްރިންސް ހެރީ އާއި ހޮލީވުޑްގެ ބަތަލާ މެގަން މާކަލްގެ އެންގޭޖްމަންޓް މިދިޔަ ހަފުތާގައި ރަސްމީކޮށް އިއުލާންކޮށް، އަންނަ އަހަރުގެ ބަހާރު މޫސުމުގައި ކައިވެނި ކުރަން ނިންމާފައި ވަނިކޮށް، މެގަން މިހާރު އިނީ ބަލިވެ ކަމަށް އަޑުތައް ފެތުރިއްޖެ އެވެ.

ބައެއް ނޫސްތަކުން ބުނެފައިވާ ގޮތުގައި މެގަން ފުރަތަމަ ދަރިފުޅަށް ބަލިވެ އިން އިރު، އެކަމާ ހެރީ ވެސް ހުރީ ވަރަށް އުފަލުންނެވެ. އަދި ދެ މީހުން ކުދިން ހޯދައި އާއިލާއެއް ފަށަން ވީހާ ވެސް އަވަހަކަށް ބޭނުންވެފައިވާ ކަމަށް ބުނެފައިވެ އެވެ.

ހެރީ ދީފައިވާ އިންޓަވިއުއެއްގައި އޭނާ ވަނީ ކުޑަކުދިން ދެކެ ވަރަށް ލޯބިވާ ކަމަށާއި އަވަހަށް ދަރިން ހޯދަން ބޭނުންވާ ކަމަށް ބުނެފަ އެވެ. އެކަމަކު އެ ހިސާބަށް ދެވޭނީ ފަހަރަކު ހަރުފަތެއް ގިރާ ކުރުމަށް ފަހު ކަމަށް ބުންޏެވެ.

އަންނަ އަހަރުގެ ބަހާރު މޫސުމުގައި ހެރީ އާއި މެގަން ކައިވެނި ކުރަން ނިންމާފައިވާ އިރު، އެކަމުގެ ތައްޔާރީތައް މިހާރު އަންނަނީ ވަރަށް ފޯރީގައިވަމުންނެވެ. އަދި އެ ކައިވެނި ވެގެންދާނީ އަންނަ އަހަރުގެ އެންމެ ކުލަ ގަދަ އެއް އިވެންޓަށެވެ.

ހެރީގެ ބޭބެ ޕްރިންސް ވިލިއަމާއި ކޭޓް މިޑްލްޓަން އަށް މިހާރު ދެ ކުދިން ލިބިފައިވާ އިރު، ތިން ވަނަ ކުއްޖަކަށް ކޭޓް އިނީ ބަލިވެ އެވެ.