Last Updated: March 28, 19:01
Thursday, March 28, 2024
ރިޕޯޓް

މާބަނޑު އަންހެނުންނަށް؛ ނިދި މަދު ނުކުރޭ

މާބަނޑުވުމަކީ އަންހެނުންގެ ހަށިގަނޑަށް ތަފާތު ބަދަލުތައް ގެނުވާ ކަމެކެވެ. ހާއްސަކޮށް ސިއްހީ ގޮތުން އަންނަ ބަދަލުތައް ގިނަ އެވެ. އެހެންވެ އެފަދަ ކަންކަން އެނގިފައި ހުރުމަކީ ވަރަށް މުހިއްމު ކަމެކެވެ.

ކޮންމެ މަޔަކު ވެސް އުންމީދު ކުރާނީ ދުޅަހެޔޮ، ސިއްހަތު ރަނގަޅު ދަރިއަކަށެވެ. އެހެންކަމުން މާބަނޑު ދުވަސްވަރު ދިރިއުޅުމުގެ ބައެއް އާދަތަކަށް ބަދަލު ވެސް ގެންނަން ޖެހެ އެވެ.

ދާދި ފަހުން ހެދި ދިރާސާއެއްގައި ބުނާ ގޮތުން މާބަނޑު ދުވަސްވަރު މައިމީހާ ނިދި މަދުކުރާ ނަމަ ދިމާވާ ސިއްހީ މައްސަލަތައް ގިނަވެދާނެ އެވެ.

އެހެންވެ ތަޖުރިބާކާރުން ދޭ ނަސޭހަތަކީ އަދި އިރުޝާދަކީ ވެސް މާބަނޑު ނަމަ ދިނި މަދު ނުކުރާށޭ އެވެ.

ނިންޖާ ދުރުވެއްޖެ ނަމަ، ގެސްޓޭޝަނަލް ޑައިބެޓީޒް ކުރިމަތިވުމުގެ ފުރުސަތު ބޮޑެވެ. މިއީ ހަށިހަނޑުގެ ލޭގައި އެކުލެވޭ ހަކުރުގެ މިންވަރު އިތުރުކޮށްދީ، ސިއްހީ ތަފާތު މައްސަލަތައް ކުރިމަތިކޮށްފާނެ ކަމެކެވެ. އެހެންވެ ބަރާބަރަށް ނިދާށެވެ. ނިދާ ގަޑިތަކުގައި ނިދި ހަމަކުރާށެވެ.

މީގެ ސަބަބުން ލޭގައި އެކުލެވޭ ހަކުރުގެ މިންވަރު އަޖައިބެއް ކަހަލަ ގޮތަކަށް ކުޑަކޮށްދީ، ހަމައަކަށް އަޅުވައި ދެ އެވެ. އެހެންވެ ގެސްޓޭޝަނަލް ޑައިބެޓީޒްއާ ދުރުވާން ބޭނުން ނަމަ މާބަނޑު ދުވަސްވަރު ނިންޖަށް ފަރުވާކުޑަކޮށްލައިގެން ނުވާނެ އެވެ.