Last Updated: May 15, 14:33
Wednesday, May 15, 2024
ޚަބަރު

މަރަދޫފޭދޫ އެސްޓީއޯ ފުޓްސަލް މުބާރާތް ޖެނުއަރީގައި

އެސްޓީއޯ މަރަދޫފޭދޫ ފިހާރައިން އިންތިޒާމްކޮށްގެންވާ މި މަހު ބާއްވަން ކުރިން ނިންމި ފުޓްސަލް މުބާރާތް އަންނަ މަހު ބާއްވާ ގޮތަށް ނިންމައިފި އެވެ.

އެސްޓީއޯގެ އޮފިޝަލަކު މިއަދު "އައްޑޫ ލައިވް" އަށް ބުނީ އައްޑޫގެ އޮފީސްތަކަށް ހާއްސަކޮށްގެން ކުރިން މި މަހުގެ 1 ގައި ފަށާ ގޮތަށް ރޭވި މުބާރާތް އަންނަ މަހުގެ 31 ގައި ފަށަން ނިންމީ ބޮޑު ބަންދާ ދިމާވުމުން، އޮފީސްތަކުން މުބާރާތް ފަސްކޮށް ދޭން އެދުމުން ކަމަށެވެ.

"ބޮޑު ބަންދުވީމަ އޮފީސްތަކުގެ މުވައްޒަފުން ވެސް ޗުއްޓީ އަށް އެކި ތަންތަނަށް ދާތީ، މުބާރާތް ފަސްކޮށް ދޭން އެދުނީމަ އެގޮތަށް ނިންމީ،" 12 ޓީމަކަށް ފުރުސަތު ދޭން ނިންމާފައިވާ މުބާރާތާ ބެހޭ ގޮތުން އޮފޝަލް ބުންޏެވެ.

އޭނާ ބުނީ ޖެނުއަރީ 31 ގައި މުބާރާތް ފަށަން ނިންމީ ސްކޫލްތައް ވެސް ހުޅުވި ހަމައަކަށް އެޅުމުން މުބާރާތް ދެން ކުރިއަށް ގެންދަން ފަސޭހަވާނެތީ އެވެ.

މަރަދޫފޭދޫ އެސްޓީއޯ ފިހާރަ އިން އިންތިޒާމް ކުތާ މުބާރާތަކީ އައްޑޫގެ އޮފީސްތަކާއި ކުންފުނިތަކަށް ހުޅުވާލައިގެން ބާއްވާ މުބާރާތެކެވެ.

މި މުބާރާތުގައި ބައިވެރިވާން 3،000ރ. ފީއެއް ދައްކަން ޖެހެ އެވެ. މުބާރާތާ ބެހޭ އިތުރު މައުލޫމާތު 7775594 އިން ލިބޭނެ އެވެ.

ފޭދޫ ފުޓްސަލް ދަނޑުގައި ރޭގަނޑު މެޗްތައް ކުޅޭމުބާރާތުގެ ޗެމްޕިއަން ޓީމަށް 30،000ރ. ހުށަހަޅާފައިވާ އިރު، ރަނަ-އަޕް ޓީމަށް 10،000ރ. ލިބޭނެ އެވެ.