Last Updated: April 29, 00:08
Monday, April 29, 2024
ޚަބަރު

ސްކޫލް ޑިޖިޓައިޒް މަޝްރޫއަށް އަބޫދާބީ ފަންޑްގެ އެހީ

ސަރުކާރުން ފަށާފައިވާ ސްކޫލުތައް ޑިޖިޓަލް ކުރުމުގެ މަޝްރޫއަށް ޔޫއޭއީގެ އަބޫދާބީ ފަންޑުން އެހީވުމަށް ނިންމާފައިވާ ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު، މިކަމާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވަނީ އަބޫދާބީ ފަންޑުގެ ހިލޭ އެހީގެ ދަށުން މިމަޝްރޫއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމައި، އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށެވެ. އަދި ސަރުކާރާއި އަބޫދާބީ ފަންޑާއި ދެމެދު ވަރަށް އަވަހަށް އެއްބަސްވުމުގައި ސޮއިކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވެފައިވެއެވެ.

ސަރުކާރުގެ އަމާޒަކީ މިމަޝްރޫއަށް ފަހު ދަރިވަރުން ސުކޫލަށް ގެންދާ ފޮތް ދަބަސް ޓެބްލެޓަކަށް ބަދަލުކޮށްލުމެވެ. ފޮތާއި ފަންސޫރު ގެންގުޅުމުގެ ބަދަލުގައި ނޯޓްސްތަކާއި މަސައްކަތްތައް ޓެބުލެޓުން ކޮށް ޒަމާނާއި އެއްގޮތަށް އުނގެނުމަކީ ސަރުކާރުން ވާސިލުވުމަށް ބޭނުންވާ އަމާޒެއް ކަމަށް ހާމަކޮށްފައިވެއެވެ.

މިއަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބަޖެޓުގައި މިމަޝްރޫއު ކުރިއަށް ގެންދިއުމަށް 154 މިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ.