Last Updated: May 2, 12:12
Thursday, May 2, 2024
ރިޕޯޓް

އަންހެނުންނަށް ރޭގަނޑު ޑިއުޓީ "ނުރައްކާ"

އަދާ ކުރާ ވަޒީފާގެ ގޮތުން ރޭގަނޑު ޑިއުޓީ އަދާ ކުރުމަކީ އާންމު ކުރަން ޖެހޭ ކަމެކެވެ. މިކަމަކީ ގިނަ ބަޔަކު އެހާ ސީރިއަސްކޮށް ވިސްނާ ކަމަކަށް ނުވިޔަސް ހޯދުންތަކުން ދައްކާ ގޮތުގައި ރޭގަނޑު ޝިފްޓަށް ނުކުތުމަކީ ސިއްހީ ގޮތުން ތަފާތު މައްސަލަތައް ކުރިމަތި ކުރުވާ ކަމެކެވެ.

އޭގެ ތެރޭގައި ހަކުރު ބައްޔަށް ހުށަހެޅުމާއި ފަލުވުމުގެ މައްސަލަ ދިމާވުމާއި ލިވާ ހަލާކުވުން ފަދަ މައްސަލަތައް ހިމެނެ އެވެ.

އެކަމަކު މިކަމާ ފިރިހެނުން އެހާ ފިކުރު ބޮޑު ނުވިޔަސް، ފަހުގެ ދިރާސާއަކުން ދައްކަނީ އަންހެނުން މާ ބޮޑަަށް ވެސް ނުރައްކާތެރިކޮށެވެ. އެ ދިރާސާގައި ބުނާ ގޮތުން ރޭގަނޑު ޑިއުޓީ އަދާ ކުރާ އަންހެނުންނަށް ކެންސަރު ޖެހުމުގެ ފުރުސަތު ބޮޑެވެ.

ދިރާސާ ގޮތުގައި ބުނާ ގޮތުން ރޭގަނޑު ޝިފްޓަށް ދާ އަންހެނުންނަށް އޮތް އެންމެ ބޮޑު ބިރަކީ އުރަމަތީގެ ކެންސަރަށް މަގުފަހިވުމެވެ.

އެގޮތުން ރޭގަނޑު ޑިއުޓީ އަށް ނުކުންނަ އަންހެނުންނަށް ކޮންމެވެސް ވައްތަރެއްގެ ކެންސަރު ޖެހުމުގެ ފުރުސަތު 19 ޕަސަންޓަށް އޮތް ކަމަށް ބުނެފައިވެ އެވެ.

މީގެ އިތުރު ތަފުސީލަކަށް ދާ ނަމަ ރޭގަނޑު ވަޒީފާ އަށް ނުކުންނަ އަންހެނުންނަށް އޮތް ބިރަކީ ހަމުގެ ކެންސަރަށް ހުށަހެޅުމުގެ ފުރުސަތު 41 އަށް ޕަސަންޓަށް، އުރަމަތީގެ ކެންސަރުގެ ބިރުގެ 32 ޕަސަންޓަށް އަދި ގެސްޓްރޯއިންޓެސްޓިނަލް ކެންސަރަށް ހުށަހެޅި ދާނެކަމުގެ ބިރުގެ 18 ޕަސަންޓަށް އޮތުމެވެ.

"އެހެންވެ ރޭގަނޑު ޝިފްޓަށް ނުކުންނަ އަންހެނުންގެ ސިއްހަތަށް ހާއްސަކޮށްގެން ޕްރޮގްރާމްތަކެއް ވެސް ހިންގަން ޖެހޭ،" ދިރާސާ ހެދި ޓީމްގައި ހިމެނޭ ޒުއެލީ މާ ވިދާޅުވި އެވެ. "މިކަމަކީ އަންހެނުން ވަޒީފާ އަދާ ކުރާ ތަންތަނުން ވަރަށް ސީރިއަސްކޮށް ވިސްނަން ޖެހޭ ވެސް ކަމެއް."