Last Updated: April 19, 06:56
Friday, April 19, 2024
ރިޕޯޓް

މުޖުތަމައު ތެރެއިން: ޕާކް ކުރާނީ ބޭނުން ތާކު!

ފްލައިޓް އޮންނަ ގަޑިއާ ދިމާކޮށް ގަން އެއާޕޯޓަކީ ޓެކްސީތަކުން ތޮއްޖެހޭ ތަނެކެވެ. އެހެންވެ އެތަނުގެ އިންތިޒާމްތުތައް ހަމަޖައްސާފައި އޮންނަނީ ވެހިކަލްތަކަށް ފަސޭހަކަމަ އެކު ޕާކް ކުރެވޭ ގޮތަށެވެ.

އެހެންވެ ޕާކިން ޒޯންތަކެއް ކަނޑައަޅާފައި އޮތުމަކި އެއާ އެއްގޮތަށް ޑްރައިވަރުން ވެސް އަމަލު ކުރުން ލާޒިމް ކަމެކެވެ. އެއާޕޯޓަށް ހިތު ހުރި ތަނެއްގައި ކާރު ފަދަ ވެހިކަލްތައް ޕާކް ކުރުމަކީ މާ މޮޅު ކަމަކަށްވެގެން ކުރަން ރީތި ކަމެއް ވެސް ނޫނެވެ. އަދި އެއީ ޑްރައިވަރުންގެ ގަޓް ހުރިކަން ދައްކުވައިދޭ ކަމެއް ވެސް ނޫނެވެ. އަދި ޕްރައިވެޓް ކާރެއް ވިޔަސް، އަމަލު ކުރަން ޖެހޭނީ ކަނޑައެޅިފައި އޮންނަ އުސޫލުގެ ތެރެއިންނެވެ.

އެހެން ނޫން ނަމަ މިފަދަ ކަންކަމުން ދައްކުވައި ދޭނީ ތިމާމެންގެ ހުރި ނާތަހުޒީބު ކަމެވެ. ނިކަން މިއޮތް ފޮޓޯތަކާއި ސްޓޭޓަސް އަށް ބަލައިލާށެވެ.

އޭނާގެ ކަންބޮޑުވުމަކީ ބައެއް ޓެކްސީ ޑްރައިވަރުންގެ ފަރާތުން ފެންނަ ނޭދެވޭ ކަންތައްކެވެ. ޕާކް ކުރާނެ ޖާގަ އޮއްވައި ވެސް ކާރު އެ އޮތީ ވިނަގަނޑު މައްޗަށް އަރުވާލައިފަ އެވެ.

ސުވާލަކީ އެ ކާރުގެ ދުއްވި މީހާ ކޮށްފައި އެ އޮތީ މޮޅު ކަމެއް ހެއްޔެވެ؟