މުނިފޫހިފިލުވުން

"ކޭސަރީ" ގައި އަކްޝޭއާ އެކު ޕަރިނީތީ

އަކްޝޭ ކުމާރް ތާރީހީ ވަރުގަދަ ކެރެކްޓާއެއް ކުޅޭ ފިލްމް "ކޭސަރީ" ގެ ބަތަލާއަކަށް ޕަރިނީތީ ޗޯޕްޅާ ހަމަޖައްސައިފި އެވެ.

އެކަން މި ފިލްމްވެގެން އެއް ޕްރޮޑިއުސަރު ކަރަން ޖޯހަރް ކުރި ޓްވީޓެއްގައި ވަނީ ކަށަވަރުކޮށް ދީދަ އެވެ.

"ކޭސަރީ" އަކީ ކަރަންގެ ދަރްމާ އާއި އަކްޝޭގެ ކޭޕް އޮފް ގުޑް ފިލްމްސް ގުޅިގެން ހަދާ ފިލްމެކެވެ.

މި ފިލްމްގެން ދާނީ އަކްޝޭއާ އެކު ޕަރިނީތީ ކުޅޭ ފުރަތަމަ ފިލްމަށެވެ.

މީގެ ކުރިން އަކްޝޭ ވަނީ ޕަރިނީތީގެ ކަޒިން ދައްތަ އަދި މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްޅާއާ އެކު ކާމިޔާބު ފިލްމްތަކެއް ކުޅެފަ އެވެ. އޭގެ ތެރޭގައި "އެއިތުރާޒް" އާއި "މުޖްސޭ ޝާދީ ކަރޯގީ" ހިމެނެ އެވެ. އެ ދެ ތަރިން އެކުގައި ފިލްމް ކުޅުނު ދުވަސްވަރު ހިތާވެގެން އުޅުނު ކަމަށް ވެސް އަޑުތައް ފެތުރުނެވެ.

ޕަރިނީތީ އެންމެ ފަހުން ފެނިގެން ދިޔަ ފިލްމަކީ މިދިޔަ އަހަރު ރިލީޒް ކުރި "ގޯލްމާލް އެގެއިން" އެވެ. އަދި މި "ކޭސަރީ" ވެގެން ދާނީ އޭނާ ކުޅޭ ދަރްމާގެ ދެވަނަ ފިލްމެވެ.

އެ ކުންފުންޏަށް ޕަރިނީތީ ކުޅުނު ފުރަތަމަ ފިލްމަކީ ހަސީތޯ ޕަސީ (2014) އެވެ.

މިހާރު ޝޫޓިން ވެސް ފަށާފައިވާ "ކޭސަރީ" ސިނަމާތަކަށް އަންނާނީ 2019 ގެ ހޮލީ އީދު ތެރޭގަ އެވެ.