ޚަބަރު

އެމްޑީޕީގެ މެނިފެސްޓޯ އޮފީސް އައްޑު އަށް

މި އަހަރުގެ ރިޔާސީ އިންތިހާބަށް ތައްޔާރުވަމުން އަންނަ އިރު، އެމްޑީޕީގެ މެނިފެސްޓޯ އެކުލަވައިލުމުގެ މައި އޮފީސް ވަރަށް އަވަހަށް އައްޑޫގައި ގާއިމު ކުރާނެ ކަމަށް އެ ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފް މިރޭ ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ޕާޓީތަކުން މިރޭ އދ. މާމިގިލީގައި ކުރިއަށްދާ ޖަލްސާގައި އޭނާ ވިދާޅުވީ އެމްޑީޕީގެ ސިޔާސީ ހަރަކާތްތައް ދެން ގިނަ ވާނެ ކަމަށެވެ.

ނަމަވެސް އައްޑޫގައި އެމްޑީޕީގެ މެނިފެސްޓޯ މައި އޮފީސް ގާއިމު ކުރާނެ ދުވަހެއް ވިދާޅެއް ނުވެ އެވެ.

ހަސަން ވިދާޅުވީ އިދިކޮޅު ޕާޓީތަކުން ގުޅިގެން މަސައްކަތް ކުރަނީ ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް އެކުލަވާލުމަށެވެ. އަދި އެކަން ކާމިޔާބު ވާނެ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިހާރުގެ ރައީސް އަބްދުﷲ ޔާމީން އިންތިހާބުގައި ބަލި ކުރާނެ ފޯމިއުލާ އިދިކޮޅު ޕާޓީތަކަށް އެނގޭ ކަމަށެވެ.