Last Updated: May 3, 17:16
Friday, May 3, 2024
ޚަބަރު

ފޭދޫގައި ބޭރު މީހެއްގެ ގައިގައި ސައިކަލަކުން ޖެހި އަނިޔާވެއްޖެ

ފޭދޫ ލިންކް ރޯޑްގައި މިރޭ ބޭރު މީހެއްގެ ގައިގައި ސައިކަލަކުން ޖެހި އަނިޔާވެއްޖެ އެވެ.

މިރޭ 11:00 ޖަހަން އުޅެނިކޮށް ހިނގި މިއެކްސިޑެންޓް ހިނގާފައި ވަނީ ލިންކް ރޯޑްގައި ހުންނަ ފޭދޫ ޕީޕީއެމް އޮފީސް ކުރިމަތިންނެވެ. އެނގިފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ބާރު ސްޕީޑްގައި ދެ މީހަކު ދުއްވި ސައިކަލެއް ކޮންޓްރޯލް ނުވެ ގޮސް، މަގުން ހިނގާފައި ދިޔަ ބޭރުގެ މީހެއްގެ ގައިގައި ޖެހިގެންނެވެ.

މި ހާދިސާގައި އޭނާގެ ބޮލުގެ ފުރަގަހުން ވަަރަށް ބޮޑަށް މަށައިގެން ގޮސްފައިވެ އެވެ.

ނަމަވެސް މި ހާދިސާއާ ބެހޭ އިތުރު ތަފުސީލެއް އަދި ނުލިބެ އެވެ. ގަމުގެ އީކްއޭޓާ ވިލެޖްގައި މަސައްކަތް ކުރާ ބޭރު މީހާ އަށް ފަރުވާ ދޭން މިހާރު ވަނީ ފޭދޫ ސިއްހީ މަރުކަޒަށް ގެންގޮސްފަ އެވެ.

މި ހާދިސާ ހިނގި އިރު ސައިކަލްގައި ތިބީ ހިތަދޫގެ ދެ ޒުވާނެކެވެ. ދެމީހުންގެ ތެރެއިން އެކަކަށް ވަނީ ސީރިޔަސް އަނިޔާތަކެއް ލިބި، ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށާފައެވެ. ހޮސްޕިޓަލުން މައުލޫމާތު ދޭ ގޮތުގައި އޭނާއަށް މިހާރު ފަރުވާ ދެމުން ދަނީ އައިސީޔޫގައެވެ.