މުނިފޫހިފިލުވުން

ޝްރަދާ އާއި ރާޖްކުމާރްގެ ފިލްމަކީ "ސްޓްރީ"

ޝްރަދާ ކަޕޫރާއި ރާޖްކުމާރް ރާއޯ ކުޅޭ ފުރަތަމަ ފިލްމްގެ ނަމަކަށް "ސްޓްރީ" ހަމަޖައްސައި އެކަން އިއުލާންކޮށްފި އެވެ.

މި ހޮރޯ ކޮމެޑީއަކީ މިދިޔަ އަހަރު "ރާބްތާ" ޑައިރެކްޓް ކުރި ދިނޭޝް ވިޖަން އާއި "ޖެންޓްލްމަން" ބެލުންތެރިންނާ ހަމައަށް ގެނެސް ދިން ރާޖް އެންޑް ޑީކޭ ޕްރޮޑިއުސްކޮށް، އަމަރް ކޯޝިކް ޑައިރެކްޓް ކުރާ ފިލްމެކެވެ. ފިލްމްގެ ޝޫޓިން މިހާރު ފަށާފައިވީ ނަމަވެސް، ފިލްމާ ބެހޭ މާ ބޮޑު ތަފުސީލެއް މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.

އެކަމަކު "ސްޓްރީ" ގެ ޓީމުން ބުނާ ގޮތުގައި މި ފިލްމްވެގެން ދާނީ މީގެ ކުރިން އިންޑިއާގެ ސިނަމާއިން ނުފެންނަ ޒާތުގެ ހޮރޯ
ކޮމެޑީއަކަށެވެ.

މިިއަށް އެންމެ އިންތިޒާރު ކުރެވޭ އެއް ސަބަބަކީ ސްކްރީނަށް މުޅިން ތާޒާ ޖޯޑެއް ވެސް އަންނާތީ އެވެ. އެހެންވެ ޝްރަދާ އާއި ރާޖްކުމާރްގެ ކެމިސްޓްރީ ބަލައިލުމުގެ ޝައުގުވެރިކަން ވަރަށް ބޮޑެވެ.