Last Updated: July 21, 18:02
Tuesday, July 21, 2026
ޚަބަރު

އަސްވާގް ފަރުވާ އަށް މާލެ ފުރުވާލައިފި

ރޭ ފޭދޫގައި ހިނގި އެކްސިޑެންޓްގައި ބޮލަށް ސީރިއަސް ގެއްލުންތަކެއް ލުބުނު ހިތަދޫ ގާދޫގެ މުހައްމަދު އަސްވާގް ފަރުވާ އަށް މިއަދު މެންދުރު ފަހު މާލެ ފުރުވާލައިފި އެވެ.

އޭނާ ފުރުވައިލީ ޗާޓަރު ފްލައިޓެއްގަ އެވެ. ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ބުނީ އަސްވާގް ފުރުވައިލި އިރު ވެސް، ހާކު ވަރަށް ސީރިއަސް ކަމަށެވެ.

މާލެ ފުރުވާލުމާ ހަމައަށް އޭނާ އަށް ފަރުވާ ދެމުން ގެންދިޔައީ އައިސީޔޫގަ އެވެ. ހޮސްޕިޓަލުން ބުނެފައިވާ ގޮތުގައި އަސްވާގްގެ ބޯ ފަޅައިގެން ގޮސް، ސިކުނޑި އަށް ލޭގެ އަސަރުކޮށްފައިވެ އެވެ.