Last Updated: May 2, 12:12
Thursday, May 2, 2024
ރިޕޯޓް

ގަސް ހެއްދުން؛ އަންހެނުންގެ ސިއްހަތަށް ފައިދާ

އުމުރުން ދުވަސްވުމަކީ ސިއްހީ ތަފާތު މައްސަލަތަކާ ކުރިމަތިލާން ޖެހޭ ކަމެކެވެ. ހާއްސަކޮށް ހަރަކާތްތެރިވެ ނޫޅެވޭ ނަމަ، ދިމާވާ މައްސަލަތައް ވަކިން ބޮޑެވެ. އެހެންވެ ކަސްރަތު ކުރުން ފަދަ ކަންކަމުގައި ޝާމިލުވުމަކީ އުމުރުން ދުވަސްވީ މީހުން ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ބާރު އަޅައިދޭ ކަމެކެވެ.

މި ލިސްޓަށް އިތުރު ކުރެވިދާނެ އެހެން މުހިއްމު ކަމެއް ވެސް ދިރާސާ ކުރާ މީހުން މިހާރު މި ވަނީ އިތުރުކޮށް ދީފަ އެވެ. ފަހުގެ ދިރާސާއެއްގައި ބުނަނީ އަންހެނުން ގަސް ހެއްދުމަކީ ސިއްހަތަށް ވަރަށް ފައިދާ ހުރި ކަމެއް ކަމަށެވެ.

އެހެންވެ ގަސް ހެއްދުމުގައި ޝާމިލުވެގެން އުޅޭ ނަމަ ހަރަކާތްތެރިވެ އުޅުމުގެ ފުރުސަތު ލިބުމުގެ އިތުރަށް އުފާވެރިކަމާއި ހިތްހަމަޖެހުން ވެސް ގެނެސް ދޭނެ އެވެ.

ދިރާސާގައި ބުނާ ގޮތުން ކުރާނެ ކަމެއް ނެތި ފޫހިވެގެން ނިދަން އޮތުމަށް ވުރެ، ދުވަސްވީ އަންހެނުން ގަސް ހެއްދުން ކަހަލަ ކަމެއްގައި އުޅޭ ނަމަ ލިބޭ ހިތްހަމަޖެހުން ބޮޑުވެފައި، ސިއްހަތަށް ކުރާ ހެޔޮ ބަދަލުތައް ގިނަ އެވެ.

އެގޮތުން ގޯތިތެރޭގައި އޮންނަ ހުސް ތަންކޮޅުގަ އާއި ޓެރަސްގައި ވެސް ގަސް ތަފާތު މާމެލާމެއްޔާއި ގޭގައި ކާން ބޭނުންކޮށްލެވިދާނެ ކަހަލަ ތަފާތު ބާވަތްތަކުގެ ތަރުކާރީ އާއި ފަތުގެ ބާވަތްތައް ހެއްދި ދާނެ އެވެ.

މި ދިރާސާ އަންހެނުންގެ ކޮޅަށް ބުރަވި ނަމަވެސް، އޭގައި ބުނަނީ މި މަސައްކަތަކީ ފިރިހެނުންގެ ދުޅަހެޔޮ ކަމަށް އަންހެނުންނާ އަޅާކިޔާ ނަމަ، މާ ބޮޑު ބަދަލެއް ގެނެސްދޭ ކަމެއް ނޫން ކަމަށެވެ.