Last Updated: May 2, 09:46
Thursday, May 2, 2024
ޚަބަރު

ރޭގަނޑު ނުނިދެނީތަ؛ ލިޔަން ފަށާބަލަ!

ބައެއް މީހުން ރޭގަނޑު ނިދަން އެނދަށް އެރި ނަމަވެސް އެކި ކަހަލަ ފިކުރުތަކާ ހެދި އަވަހަކަށް ނިދޭ ގޮތެއް ނުވެ އެވެ. މިކަމާ ގުޅޭ ގޮތުން މީގެ ކުރިން ވަނީ ތަފާތު ދިސާރާތަކެއްކޮށް، ހައްލުތަކެއްގެ ވާހަކަ ވެސް އާންމުކޮށްފަ އެވެ.

ނަމަވެސް ނިދަން އުނދަގޫވެ، ނުނިދޭ މައްސަލާގައި މިހާރު ވަނީ އަނެއްކާ ވެސް އާ ދިރާސާއެެއް ހަދައިފަ އެވެ.

އޭގައި ބުނަނީ މިހެންނެވެ؛ ނިދޭ ގޮތް ނުވެގެން އުޅޭ ނަމަ ލިޔަން ފަށާށެވެ. ކޮންމެހެން ވަކި އެއްޗެއް ލިޔުން މުހިއްމެއް ނޫނެވެ. މިސާލަކަށް އަނެއް ދުވަހު ކުރާނެ ކަންތައްތަކުގެ ތާވަލެއް ވެސް ލިޔެވިދާނެ އެވެ. ނޫނީ ހަޔާތުގައި ހާސިލު ކުރަން ބޭނުން ކަންކަމުގެ ލިސްޓެއް ވެސް ލިޔެވިދާނެ އެވެ.

ނުވަތަ ހިތުގައި ހުންނަ އެކި ކަހަލަ ޝުއޫރުތައް ވެސް ބަންޑުންކޮށް ލެވިދާނެ އެވެ.

މި ދިރާސާ ހެދުމުގައި ބައިވެރިވި އެމެރިކާގެ ބޭލާ ޔުނިވަސިޓީގެ މައިކަލް ކޭ. ސްކްލިން ވިދާޅުވީ ރޭގަނޑު ނުނިދިގެން އުޅޭ ނަމަ ލިޔަން ފެށުމަކީ ތާއްޔާ ޖެހި ނިދި އަންނަން މަގުފަހިކޮށްދޭ ކަމެއް ކަމަަށެވެ.

އެގޮތުން ފަސް ވަރަކަށް މިނިޓް ވަންދެން ލިޔަން އުޅެފި ނަމަ ނިދީގެ އަސަރު ލޮލަށް ވެރިވާން ފަށާނެ އެވެ.

"ތިމާ ކުރަން ބޭނުންވާ ކަންތައްތަ އަބަދު ވެސް ސިކުނޑި ތެރޭގައި އެނބުރޭނެ. އެކަހަލަ ކަންތައްތަކުގެ ލިސްޓެއް ރޭގަނޑު ލިޔަން އުޅެފި ނަމަ ނިދި އަންނަ ގޮތް ވާނެ،" މައިކަލް ވިދާޅުވި އެވެ. "އެހެންވެ މިއިން ދައްކުވައި ދެނީ ލިޔުމަކީ ރޭގަނޑުގެ ނިދި ގެނުވާ ކަމެއްކަން."

އޭނާ އަދި ވިދާޅުވީ ލިޔެގެން ސިކުނޑީގައި ހުންނަ ޝުއޫރުތައް ބޭރުކޮށްލުމަކީ ފިކުރުތަކުން ވެސް ސަލާމަތްކޮށްދީ، އުފާވެރިކަން އިހުސާސްކޮށް ދޭނެ ކަމެއް ކަމަށެވެ.