Last Updated: May 2, 11:41
Thursday, May 2, 2024
ރިޕޯޓް

ސެސިމީ ސީޑްސް: ފައިދާތައް ސަޅި

ސެސިމީ ސީޑްސްއަކީ ދިވެހިންގެ ކެއުމުގެ ތެރޭގައި އެހާ އާންމު އެއްޗަކަށް ނުވެދާނެ އެވެ. އެކަމަކު މިއީ މި ފަހަކަށް އައިސް ދިވެހި ސުފުރާތަކާ ރައްޓެހިވަމުން އަންނަ ބާވަތެވެ.

ސެސިމީ ސީޑްސް އެންމެ އާންމުކޮށް ބޭނުންކޮށްފައި ހުންނަ ބާވަތްކުގެ ތެރޭގައި ބާގާ ބަނަހާއި ތަފާތު ވައްތަރުގެ ޕާންތައް ހިމެނެ އެވެ. އެ ތަކެތީގެ ރީތިކަން ސެސިމީ ސީޑާއެކު އިތުރު، ކެއުމުގެ ޝައުގުވެރިކަން ވެސް އިތުރުކޮށްދެ އެވެ.

ކުދިކުދިކޮށް ހުންނަ މި އޮށަކީ ފައިދާތައް ވެސް އެހާ އެއްޗެކެވެ. އެހެންވެ ސެސިމީ ސީޑްސް ބޭނުން ކުރަން އާދަ ކުރުމަކީ ވަރަށް ރަނގަޅު ކަމެކެވެ. މީގެ ބައެއް ފައިދާތަކަށް ބަލައިލަމާ ހިނގާށެވެ.

ސިއްހީ ތަޖުރިބާކާރުން ބުނާ ގޮތުގައި ސެސިމީ ސީޑްސްއަކީ ހަންގަނޑަށް ވަރަށް ރަނގަޅު އެއްޗެކެވެ. އެގޮތުން ސެސިމީ ސީޑްސް ބޭނުން ކުރުމުން ހަންގަނޑަށް އުޖާލާކަން ގެނެސްދީ، ކުރަކިކަން ވެސް ނައްތާލަ އެވެ.

ތަޖުރިބާކާރުން ބުނާ ގޮތުގައި ޒައިތޫނި ތެޔޮ ބޭނުންކޮށްގެން ސެސިމީ ސީޑްސް ފުނޑާފައި މޫނުގައި ލުމަކީ ހަންގަނޑުގައި ހުންނަ ފަނޑުކަން ފިލުވައި ދޭނެ ކަމެކެވެ.

މީގެ އިތުރުން ސެސިމީ ސީޑްސްއަކީ އިސްތަށިގަނޑުގެ ދުޅަހެޔޮ ކަމަށް ވެސް ފަރުވާއެކެވެ. ރޯޒްމޭރީ ތެލާއި އެލޯވެރާ ޖެލްއާ އެކު ސެސިމީ އޮށުގެ ތެޔޮ އެއްކޮށްގެން ބޮލުގެ ނާށިގަނޑުގައި އުނގުޅުމަކީ ޝޭމްޕޫގެ ބަދަލުގައި ބޭނުންކޮށްލެވިދާނެ ގުދުރަތީ ފަރުވާއެކެވެ. އަދި މިއީ އިސްތަށިގަނޑު ނުރުވުމުން ދުރުވެސްކޮށްދޭ އެއްޗެކެވެ.

މީގެ އިތުރު ފައިދާތަކަށް ބަލާ އިރު ދަތުގެ މައްސަލަތަކަށް ވެސް ސެސިމީ ސީޑްސްގެ އެހީތެރިކަން ބޮޑެވެ. އެގޮތުން އެ އޮށް ބޭނުން ކުރުމުން ކޮބަނޑި ޖެހުމާއި އަންގައިގެ ފާރުތައް ރަނގަޅުކޮށް، ދަތުގެ ދުޅަހެޔޮކަން ވެސް އިތުރުކޮށްދެ އެވެ. ހަމަމިއާ އެކު މިއީ ހަޖަމު ކުރުމުގެ ނިޒާމު ވެސް ހަމައަކަށް އަޅުވައިދޭ އެއްޗެކެވެ.

ކެންސަރާއި ހަކުރު ބައްޔަށް ފަރުވާ ހޯދާ މީހުންނަށް ވެސް ސެސިމީ ސީޑްސްގެ މުހިއްމުކަން ބޮޑެވެ. ހާއްސަކޮށް ރޭޑިއޭޝަން ފަރުވާ ހޯދާ ކެންސަރު ބަލި މީހުންނަށެވެ.