Last Updated: March 29, 18:55
Friday, March 29, 2024
ޚަބަރު

ފްލެޓްތަކަށް ބޭނުންވާ ސާމާނު ޙާއްސަ އަގުތަކެއްގައި

އާގެއަށް ބޭނުންވާ ގޭތެރޭގެ އަދި ބަދިގެ ސާމާނު އެންމެ ހެޔޮ އަގުތަކެއްގައި ހޯއްދެވުމަށް އެސްޓީއޯ ހޯމްއިމްޕްރޫވްމަންޓްއިން ވަރަށް ޙާއްސަ އަގުތަކެއް ތަޢާރަފްކޮށްފި އެވެ.

ބަދިގެ ސާމާނުގެ ތެރޭގައި ހިޓާޗީ ފްރިޖް، މެޝިން، މީގެ އިތުރުން ފިލިޕްސްގެ ބަދިގެ ސާމާނު ޓެކްނޯ ބްރޭންޑްގެ އުދުން، އަވަން އަދި ހުޑް އަދި ގޭތެރެއަށް ބޭނުންވާ ފިލިޕްސް، ހިޓާޗީގެ ޓީވީ، އޭސީ އަދި އިތުރު ސާމާނުތައް ވަރަށް ޙާއްސަ އަގުތަކެއްގައި މިހާރު ލިބޭނެއެވެ.

އަދި މީގެ އިތުރުން ފްރިޖެއް ގަތުމުން ދެން ގަންނަ ހުރިހާ ސާމާނެއް ހުޅުމާލޭގެ ގެއަށް ހިލޭ ގެންގޮސްދޭނެ ކަމަށް އެސްޓީއޯގެ އޮފިޝަލް ވިދާޅުވިއެވެ. މިހާރުވެސް މާލޭގެ ކޮންމެ ތަނަކަށްވެސް ފްރިޖް ހިލޭ ގެންގޮސްދެއެވެ.

އެސްޓީއޯއިން މަޢުލޫމާތުދިން ގޮތުގައި މި ޙާއްސަ އަގުތަކާއި އެކީ ހިލޭ ގެންގޮސްދިނުން ކުރިއަށްދާނީ 15 މާރޗްގެ ނިޔަލަށެވެ.
އެސްޓީއޯ ހޯމްއިމްޕްރޫވްމަންޓްއިން ވިއްކާ ހުރިހާ ބްރޭންޑަކަށްވެސް އަންނަނީ 6 މަސް ދުވަހުގެ ވޮރަންޓީވެސް ދެމުންނެވެ.

އެސްޓީއޯއަކީ ޕިލިޕްސް، ހިޓާޗީ، މަކިޓާ، ނިޕޯން ގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރ އެވެ. އަދި މިދިޔަ އަހަރު ޓެކްނޯ އަދި ކޯނޭގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރކަމަށްވެސް ވަނީ ހަމަޖައްސާފައެވެ.