Last Updated: May 2, 06:02
Thursday, May 2, 2024
ޚަބަރު

ކްރޫޒް ޗުއްޓީއަކަށް ނިކުމެލާ، ހިތް ފުރޭނެ!

ދިވެހިންގެ ދިރިއުޅުން ހުންނަ ގޮތުން އަގު ބޮޑު ޗުއްޓީތަކަށް ނުކުތުމަކީ އާންމުކޮށް ކުރާ ކަމެއް ނޫނެވެ. އެކަމަކި ކްރޫޒް ލައިނާއެއްގައި މަހެއްހާ ދުވަސް ނޫނީ ހަފުތާއެއްހާ ދުވަސް ހޭދަކޮށްލުމަކީ ބޭރު މީހުންގެ ޗުއްޓީއަކަށް ދާ ނަމަ، ލިސްޓްގައި ހިމެނޭނެ ކަމެކެވެ.

ކްރޫޒްލައިނާއެއްގައި ޗުއްޓީ ހޭދަކޮށްލުމަކީ ކިހާ ފައިދާ ހުރި ކަމެއްކަން އެނގޭ ހެއްޔެވެ؟ ފަހުފެ ދިރާސާއެއްގައި ބުނަނީ ވަކި ތަނަކަށް ގޮސް އެތަނުގައި މަޑުކޮށްލައިގެން ޗުއްޓީ ހޭދަކޮށްލުމަށް ވުރެ، ކްރޫޒްލައިނާއެއްގައި އެކި ތަންތަނަށް ދަތުރު ކުރަމުން ޗުއްޓީ ހަދާލުމަކީ އަދި މާ ފައިދާތައް ބޮޑު ކަމެއް ކަމަށެވެ.

ހާއްސަކޮށް ބުރަކޮށް އަވަދިިނެތި އުޅެން ޖެހޭ މީހުންނަށް މި ބާވަތުގެ ޗުއްޓީއަކުން ލިބޭނެ ހިތްހަމަޖެހުން މާ ބޮޑެވެ.

ޖާނަލް އޮފް ޓޫރިޒަމް ރިސާޗްގައި މިހާރު ޝާއިއު ވެސްކޮށްފައިވާ ދިރާސާގައި ބުނާ ގޮތުން ކްރޫޒް ވެކޭޝަނަކުން މައިގަނޑު ތިން ކަމެއް ހާސިލްކޮށްދެ އެވެ. އެފަދަ ޗުއްޓީއަކުން ނަފުސާނީ ދުޅަހެޔޮކަމާ އެކު ގުޅުން ބަދަހިކޮށް ދިނުމުގެ އިތުރަށް ކަންކަމާ ދޭތެރޭ ރަނގަޅު ނަޒަރިއްޔާތަކުން ވިސްނުމަށް މަގުފަހިކޮށްދީ އާ ހިޔާލުތައް އައުމަށް މަގުފަހިކޮށްދެ އެވެ.

އެހެންވެ މިއީ ފަހަރުގައި ލިޔުންތެރިންނަށް ވެސް އެންމެ ފައްކާ ވައްތަރުފެ ޗުއްޓީއަށް ވެދާނެ އެވެ.

"ކްރޫޒް ވެކޭޝަނަކީ އުފާވެރި ކަމާއި ހިތްހަމަޖެހުން ވަރަށް ބޮޑަށް ގެނަވައި ދޭނެ ކަމެއް. އެއް ފަހަރު ނަމަވެސް މިކަން ތަޖުރިބާކޮށްލީމަ އެނގޭނެ މީގެ ހުރި ތަފާތުކަން،" ދިރާސާގައި ބައިވެރިވި ޗައިނާ ޒެޖިއަން ޔުނިވަސިޓީގެ ޕްރޮފެސަރަކު ވިދާޅުވި އެވެ.

ކްރޫޒް ވެކޭޝަނުގެ އެންމެ ހާއްސަ ކަމަކީ އޭގައި އެތައް ބަޔަކާ ކޮންމެ ދުވަހަކު ވެސް ދިމާވުމަކާ އެކު، އެކި ދިމަދިމާ އަށް ދަތުރު ކުރެވި ތަފާތު ސަގާފަތްތަކާއި އާދަކާތަކާއި ދިރިއުޅުމުގެ ވައްޓަފާޅި ވެސް ތަޖުރިބާކޮށްލަން ލިބުނެވެ.

އެހެންވެ ޗުއްޓީއަކަށް ދާ ނަމަ، ކްރޫޒް ވެކޭޝަނަކާ ދޭތެރޭ ވިސްނާލުމަކީ ގޯހެއް ނޫނެވެ. އެކަމަކު އާމްދަނީ އެކަމަށް ތަން ދޭ ނަމަ އެވެ.