Last Updated: May 6, 21:20
Tuesday, May 7, 2024
ޚަބަރު

"ވެރައިޓީ އެންޑް ޑިޒައިންސް" އަންހެނުންނަށް ހާއްސަ

"ވެރައިޓީ އެންޑް ޑިޒައިންސް" ގެ ނަމުގައި ފޭދޫގައި އަންހެނުންނަށް ހާއްސަ ފިހާރައެއް ހުޅުވައިފި އެވެ.

މި ފިހާރައިން އަންހެނުންގެ ފޮތްޗާއި ބުރުގާ އާއި ޖީންސާއި ޝޯލް އާއި ފަހަން ބޭނުން ކުރާ ގިނަ ސާމާނުތަކެއް ލިބެން ހުންނާނެ އެވެ.

"ވެރައިޓީ އެންޑް ޑިޒައިންސް" ހުންނަނީ ފޭދޫ ލިންކް ރޯޑްގައި ކުރިން އެލިއާގެ ޝޯ ރޫމް ހިންގި އިމާރާތުގަ އެވެ. އެއީ ފޭދޫ ޕީޕީއެމް އޮފީސް ކައިރި އެވެ.

"ވެރައިޓީ އެންޑް ޑިޒައިންސް" ހިންގާ ދޮނާ ބުނީ އެ ފިހާރައިން އަންހެނުންގެ ހެދުމާ ގުޅާ ގިނަ ބާވަތްތަކެއް އަތްފޯރާ އަގެއްގައި ލިބެން ހުންނާނެ ކަމަށެވެ.

"ފަހަން ބޭނުންވާ ގިނަ ބާވަތްތައް ވެސް މިތަނުން ލިބެން ހުންނާނެ،" އޭނާ ބުންޏެވެ.

ދޮނާ ބުނި ގޮތުގައ އަވަށްޓެރި ސްރީ ލަންކާ އިިން މުދާ އެތެރެކޮށްގެން ވިއްކަމުން އަންނަ އިރު، ފިހާރައިން ލިބެން ހުރި ބާވަތްތައް އަދި އިތުރުވެގެން ދާނެ އެވެ.

"އަންހެނުން ޒީނަތްތެެރިވާން ހެދުން އެޅުމަށް ބޭނުން ކުރާ ގިނަ ތަކެތި މި ތަނުން ލިބޭ ގޮތަށް މިތަން ހިންގަން ބޭނުން ވަނީ،" އޭނާ ބުންޏެވެ. "ފިހާރަ އަށް މިހާރު ވެސް ވަރަށް ގިނަ ކަސްޓަމަރުން އެބަ ޒިޔާރަތް ކުރޭ. ހިތްހަމަޖެހޭ ވިޔަފާރި ކުރިއަށްދާ ގޮތާ ދޭތެރޭ."