Last Updated: April 25, 12:03
Thursday, April 25, 2024
ޚަބަރު

އެފްއެންޑްބީ ޓްރޭނިންތަކަކަށް ފުރުސަތު ހުޅުވާލައިފި

ފުޑް އެންޑް ބެވަރެޖް ސާވިސަސް (އެފްއެންޑްބީ) ދާއިރާ އިން މީހުން ތަމްރީނު ކުރުމުގެ ޕްރޮގްރާމެއް މި މަހު ފަށަން ނިންމާފައިވާތީ އޭގައި ބައިވެރިވުމުގެ ފުރުސަތު ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިޔުކޭޝަން ޓްރެއިނިން އޮތޯރިޓީ (ޓިވެޓް) އިން ހުޅުވާލައިފި އެވެ.

އެތަނުން ބުނީ ނެޝަނަލް ސެޓްފިކެޓް 3 އިން ފުޑް އެންޑް ބެވަރެޖް ސާވިސް އަދި ނެޝަނަލް ސެޓްފިކެޓް 4 އިން ފުޑް އެންޑް ބެވަރެޖް ސާވިސް ކޯހުގައި ބައިވެރިވުމުގެ ފުރުސަތު މި މަހުގެ 12 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.

ކޯހަށް އެދޭ ފޯމް www.tvet.gov.mv އިން ޑައުންލޯޑް ކުރެވޭނެ އެވެ.

އެއްވެސް ފީއަކާ ނުލައި ހިންގާ ޕްރޮގްރާމް ފުރިހަމަކޮށް، ފާސްވާ މީހުންނަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން (އެމްކިއުއޭ) ގަބޫލު ކުރާ ލެވެލް 3 ނުވަތަ 4 ގެ ސަނަދެއް ލިބޭނެ އެވެ.

ހަ މަސް ދުވަހުގެ މުއްދަތަށް ހިންގާ ސެޓްފިކެޓް 3 ގެ ކޯހުން ފުރުސަތު ދޭން ހަމަޖެހިފައި ވަނީ ގްރޭޑް 7 ނިންމާފައިވާ މީހުންނަށެވެ. އަދި އެއް އަހަރުގެ މުއްދަތަށް ހިންގާ ސެޓްފިކެޓް 4 ގެ ކޯހުން ފުރުސަތު ދޭން ހަމަޖެހިފައި ވަނީ ސާނަވީ އިމްތިޙާނަކުން 3 މާއް ދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން ނުވަތަ އެމްއެންކިއުއެފް ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވާ މީހުންނަށެވެ.

ކޯސްތަކާ ބެހޭ އިތުރު މައުލޫމާތުު 3341313 / 3341310 / 3347422 ހޯދޭނެ އެވެ.