Last Updated: April 25, 12:03
Thursday, April 25, 2024
ޚަބަރު

ބީއެމްއެލުން އިސްޓަގްރާމް ފޮޓޯ ޗެލެންޖެއް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކަސްޓަމަރުންނަށް ހާއްސަކޮށްގެން "އަހަރެންގެ ރާއްޖެ ޗެލެންޖް" ގެ ނަމުގައި އިސްޓަގްރާމް ފޮޓޯ ޗެލެންޖެއް ފަށައިފި އެވެ.

ގައުމީ ބޭންކުން ބުނީ އެ ބޭންކުން ކުރިއަށް ގެންދާ އަހަރެންގެ ބޭންކް ކެމްޕޭންގެ ދަށުން މި މަހުގެ ނިޔަލަށް ކުރިއަށް ގެންދާ އިސްޓަގްރާމް ޗެލެންޖަކީ ރާއްޖޭގެ ރީތިކަން ދައްކުވައިދޭ ފޮޓޯތަށް ނަގައި "#އަހަރެންގެރާއްޖެ" ޓެގްކޮށް އިންސްޓްގަރާމްގައި ޕޯސްޓްކޮށްގެން ބައިވެރިވެވޭނެ ހަރަކާތެއް ކަމަށެވެ.

މި ޗެލެންޖްގެ އެއް ވަނަ އިނާމަކަށް 25،000ރ. ހުށަހަޅައި އިތުރު ފަސް ފަރާތެއް ހޮވަން ވަނީ ނިންމައިފަ އެވެ.

އިންސްޓަގްރާމް ޗެލެންޖުގައި އެންމެ ރީތި ފޮޓޯ ހޮވާނީ ހާއްސަ ޕެނަލަކުންނެވެ. ބޭންކްން ނަގާފައިވާ މި ޕެނަލުގައި ފޮޓޯގްރަރީ ދާއިރާގެ ތަޖުރިބާކާރުން ވެސް ތިބޭނެ އެވެ.

ކެމްޕޭނާ ބެހޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނެޖިން ޑައިރެކްޓަރު އެންޑްރޫ ހީލީ ވިދާޅުވީ މުޅި ރާއްޖެ އަށް އަމާޒުކޮށް ހިންގާ މި ޕްރޮގްރާމް އިން ބުނެދެނީ ހިދުމަތް ދެމެންދާ ރައްޔިތުންގެ ބޭނުންތައް ފުއްދައި ދިނުމަށް ނުހަނު ބުރަކޮށް މަސައްކަތް ކުރުން ކަމަށެވެ.