Last Updated: April 26, 11:19
Friday, April 26, 2024
ޚަބަރު

100 އަށް ވުރެ ގިނަ ޑޮކްޓަރުން ހޯދަނީ

ސަތޭކަ އަށް ވުރެ ގިނަ ޑޮކްޓަރުން ހޯދަން ހެލްތު މިނިސްޓްރީން އިއުލާންކޮށްފި އެވެ.

އެ މިނިސްޓްރީން ބުނީ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކުގައި މަސައްކަތް ކުރާނެ އެކި ދާއިރާތަކުން ހާއްސަ 162 ޑޮކްޓަރުން ބޭނުންވާ ކަމަށާއި ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 15 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.

ޑޮކްޓަރުން ހޯދަން އިއުލާނުކޮށްފައިވާ ދާއިރާތަކުގެ ތެރޭގައި އެތެރެހަށީގެ ބަލިތަކަށް ހާއްސަ، ހޭނައްތާ ޑޮކްޓަރުން، ކަށީގެ ބަލިތަކަށް ހާއްސަ، އޮޕަރޭޝަން ޑޮކްޓަރުން، ހަމުގެ ބަލިތަކަށް ހާއްސަ ޑޮކްޓަރުން، ކުޑަކުދިންގެ ބަލިތަކަށް ހާއްސަ ޑޮކްޓަރުން، ނަފްސާނީ ބަލިތަކަށް ހާއްސަ ޑޮކްޓަރުން، އަންހެނުންގެ ބަލިތަކަށް ހާއްސަ ޑޮކްޓަރުން، ކަރުންމަތީގެ އަދި ލޮލުގެ ހާއްސަ ޑޮކްޓަރުން ހިމެނެ އެވެ.

މި މަގާމުތަކުގެ މުސާރައިގެ ގޮތުގައި 30،990 ރުފިޔާ އާއި ސާވިސް އެލަވަންސްގެ ގޮތުގައި 10،200ރ. ކަނޑައަޅާފައިވާ އިރު، މިމަގާމްތަކަށް ހޮވާ ޑޮކްޓަރުންނަށް އިތުރު އިނާޔަތްތަކެއް ލިބިގެންދާނެ ކަމަށް ވެސް ހެލްތު މިނިސްޓްރީން ބުންޏެވެ.